އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޤަޟާ ޤަދަރަށް އީމާންވާމީހަކު ހަޔާތް ހޭދަކުރާނީ ހިތްހަމަޖެހުމާއެކު- ހުކުރު ޚުތުބާ

1 year ago

އިބްރާހިމް ފައުޒީ

ޤަޟާ ޤަދަރަށް އީމާންވާމީހަކު އޭނާގެ ހަޔާތް ހޭދަކުރާނީ ހިތްހަމަޖެހުމާއެކުގައިކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. 

މިންވަރަށް އީމާންވުން މިމަޢުޟޫއަށް މިއަދު އިއްވި ޚުތުބާގައި ވިދާޅުވެފައިވަނީ ޤަޟާ ޤަދަރަށް އީމާންވުމަކީ އިސްލާމްދީނުގެ 6 ވަނަ ރުކުންކަމާއި ޤަޟާ ޤަދަރަށް އީމާންވާމީހަކު އޭނާގެ ހަޔާތް ހޭދަކުރާނީ ހިތްހަމަޖެހުމާއެކުގައިކަމަށެވެ. އަދި ފިތުނައިގެ ސަބަބުން އެފަދަމީހެއްގެ އީމާންކަން ގުޑުވައި ނުލެވޭނެކަމަށެވެ. އަދި ހަމަ އެހެންމެ ދަތިއުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެ ނުދާނެއެވެ. 

ޚުތުބާގައި އިތުރަށް ބުނެފައިވާގޮތުން ޚާލިޤުވަންތަ ވެރިފަރާތާއި އެކަލާންގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އީމާންވެ ޢަޤީދާ ވަރަގަދަ ކޮށްފިމީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފާޅުވެގެންދާނެއެވެ. 

ހަމައެހެންމެ މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައިވާ ނުރައްކާތެރި ކޮވިޑް 19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާ ޤަދަރަށް އީމާންވުމާއި ކެއްތެރިކަން އިސްކުރުމެވެ. އީމާންތެރިކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެމަތީގައި ލިބެންއޮތް ހެވެއް އިޙްސާސް ނުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު