އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފެޝަން ފުރުޓް ލީވްސްކަރީ ތައްޔާރު ކުރާނެ ގޮތް

1 year ago

ޖުވޭރިޔާ ވަޖުދީ

މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ އާދަޔާ ހިލާފު ރިހައެއް ތައްޔާރު ކުރާނެގޮތެވެ. އެއީ ފެޝަން ފުރުޓް ލީވްސްކަރީ ތައްޔާރު ކުރާނެ ގޮތެވެ. މިއީ ޢާންމުކޮށް ކުރިން ދިވެހީން ކައިއުޅުނު އެއްޗެއްނޫންނަމަވެސް މިހާރަކަށް އައިސް ޚާއްޞަކޮށް ޒުވާން ކުދިންނަށް ވަރަށް ކަމުދާ އެއްޗެކެވެ.

ބޭނުންވާތަކެތި

2 ޖޯޑު ޕެޝަން ފުރުޓް ފަތް ( ކޮށާފައިހުރި)

2 ފިޔާ ( ހިމުންކޮށް ކޮށް ކޮށާފައިހުރި)

2 ލޮނުމެދު ( ގާނާފައި)

3 ފެހިތޮޅި މިރުސް ( ހަނިދިގަށް ފަޅިފަޅިކޮށްފައި)

2 / 1 ސައިސަމުސާ މަސްޓަރޑް ކްރީމް

2 /1 ސައިސަމުސާ އަޖިނަމޮޓޯ

1 ޓޮމާޓޯ ( ކޮށާފައި)

1 ޖޯޑު ކާށިކިރު

3 /1 ސައިސަމުސާ ރީނދޫ

2 މޭޒުމަތީ ސަމުސާ ހަވާދު ( ދިވެހި)

2 / 1 ސައިސަމުސާ މުގުރިދިރި

3 ކާފޫރުތޮޅި ( ދެކޮޅު ބުރިކޮށްފައިހުރި)

1 ސައިސަމުސާ އިނގުރު ( ޗިސްކޮށްފައިހުރި)

2 ހިކަނދިފަތް ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ފުރަތަމަ ތަވާޔަށް ތެޔޮފޮދެއް އަޅާލާފައި ފިޔާ، މިރުސް ، ހިކަނދިފަތް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވަންދެން ދޭފަތުއުން ހަލަމުންދާށެވެ. ދެން ބޯކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށްފައި ރޯފިލުމުން ބޯކިރު އަޅާލާށެވެ. ކެކިގަތީމާ އުނދުންމަތިން ބާލާށެވެ. އޭރުން ހުންނާނީ ފެޝަން ފުރުޓް ލީވްސްކަރީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު