
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
2 years ago
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ. ނިމިދިޔަ އާދީއްތަ ދުވަހު ނެރުނު އެ ރިޕޯޓްގައި ބުނާގޮތުން 1100 މީހުން މައިގަނޑުގޮތެއްގައި މަރުވެފައި ވަނީ ވައިގެ ހަމަލާތަކުގައިއެވެ.
ހަނގުރާމައިގެ ކަންކަން މޮނިޓާކުރާ ގުރޫޕްތަކުން އަންދާޒާކުރާގޮތުގައި އެމެރިކާގެ ތަފާތު ހަމަލާތަކުގައި މަރުވެފައިވާ އާންމު ރައްޔިތުންގެ އަދަދު އެތައް ހާހަކަށް އަރާނެއެވެ. އަންދާޒާކުރެވިފައިވާ ގޮތުން އެމެރިކާ އާއި އެގައުމުގެ ބައިވެރިން ވަނީ 31،406 ވައިގެ ހަމަލާ ޢިރާޤާއި ސީރިޔާއަށް ދީފައެވެ. މިހަމަލާތައް ދީފައި ވަނީ 2014ވަނަ އަހަރުގެ އޯގަސްޓް މަހުން ފަށައިގެން 2018ވަނަ އަހަރުގެ ނޮވެމްބަރު މަހާ ދޭތެރޭއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑާ ހަވާލާދީ އެ ރިޕޯޓް ބުނާގޮތުގައި "އޮޕަރޭޝަން އިންހެރެންޓް ރިޒޯލްވް"ގެ ނަމުގައި ފެށުނު ޢަސްކަރީ އޮޕަރޭޝަންގައި އެންމެ މަދުވެގެން ވެސް 1139 އާންމު ރައްޔިތުން ވަނީ މަރުވެފައެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުން އެމެރިކާ ސިފައިން ވަނީ ސީރިޔާގައި އެމީހުން ޤާއިމުވެ ތިބި މިލިޓަރީ ބޭހެއް އެއްކޮށް ހުސްކޮށްފައެވެ. ބުނެވޭގޮތުން މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީރިޔާގައި ތިބި އެމެރިކާ ސިފައިން އެއްކޮށް ބޭލުމަށް ވެފައިވާ ވައުދުގެ ތެރެއިން ހިންގުނު ކަމެކެވެ. އެމެރިކާއިން މިހާރު ކަންތައް ކުރަމުންދާ ގޮތަކީ ސީރިޔާގައި ތިބި އެމެރިކާގެ ސިފައިން ޢިރާޤަށް ބަދަލުކުރުމެވެ. މިހެންކަމުން ޢިރާޤުގެ އެތެރެ އިތުރަށް ގަޑުބަޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އައިއެސް ޓެރަރިސްޓުންނާ ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާއިން ސީރިޔާގެ ތެރެއަށް ވަދެ އަސްކަރީ ޙަރަކާތްތައް ހިންގަމުން ދަނީ ސީރިޔާ ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތިއެވެ. އަދި އެފަދަ ކަމެއް ކުރުމަށް އދ އިން ވެސް އެމެރިކާއަށް ހުއްދަދީފައެއް ނުވެއެވެ.