އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އިޚްލާޞްތެރިކަމާއެކު އެކަލާންގެއަށް ވަކީލުކުރުމަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބުކަމެއް- ހުކުރު ޚުތުބާ

1 month ago

އިބްރާހިމް ޢަލީ

އިޚްލާޞްތެރިކަމާއެކު އެކަލާންގެއަށް ވަކީލުކުރުމަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ޙައްޤުމަގުގައި އެކަލާންގެ އަށް ވަކީލުކުރުން މިމަޢުޟޫއަށް މިއަދު ރާއްޖޭގެ ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ "ޙައްޤުގޮތުގައި އެކަލާންގެ އަށް ވަކީލުކުރުމަކީ އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނިހެންވާ ކަމެއްކަމާއި މަތިވެރި މާތް ސިފައެއްކަމަށެވެ.

މީގެ އިތުރުން ވަކީލުކުރުމަކީ ޔަޤީންކަމުގެ އެއްމެ މަތިވެރި ދަރަޖަކަމާއި އެކަލާންގެ އަށް ކުއްތައްވެގެންވާ މީހުންގެ މަތިވެރި ޝަރަފެއްކަމާއި ތައުހީދުގެ މަތިވެރި ދަރަޖަކަމާއި ހުރިހާ ހެއުކަމެއްގެ ތަޅުދަނޑިކަމާއި އީމާންކަމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުތެއްކަމަށެވެ. ހަމައެހެންމެ އީމާންކަން ފުރިހަމަވުމަށްޓަކައިވެސް ވަކީލުކުރުން ލާޒިމުކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވަކީލުކުރުމަކީ އަޅުކަމުގެ ތެރެއިންވާ މަތިވެރި އަޅުކަމެއްކަމާއި އެހެންކަމުން އިޚްލާޞްތެރިކަމާއެކު އެކަލާންގެ އަށް ވަކީލުކުރުމަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބުކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ ވަކީލުކުރުމަކީ އީމާންކަމާއި އިސްލާމްކަމާއި އިޚްސާންކަމާއި ގުޅިލާމެހިފައިވާ ކަމެއްކަމާއި ދުންޔަވީ ޙަޔާތުގައި އެކަމުގެ އަސަރު އެހާމެ ބޮޑުވުމުގެ އިތުރުނ ދީނުގެ މަތިވެރި ޝިއާރެއްކަމާއި ޤަދަރު އުފުލިގެންވާ މަތިވެރި އަޅުކަމެއްކަމާއި ވަކީލު ކުރުމަކީ އެއިލާހު ސުބުޙާނަހޫ ވަތަޢާލާގެ ލޯބި ޙާޞިލްކުރެވޭނެ މަގުކަމަށް ބުނެފައިވެއެވެ.

ޙައްޤު ގޮތުގައި އެކަލާންގެ އަށް ވަކީލުކުރުމަކީ އަޅުކަމުގެ އަޞްލުތަކުގެތެރެއިން އަސްލެއްކަމާއި ވަކީލުކުރުމާއި ނުލާ ތިމާގެ އިމާންކަން ފުރިހަމަނުވާނެކަމަށް މިއަތުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު