އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މިއަހަރުގެ ޢާޝޫރާ ދުވަސް، މުޙައްރަމް މަހުގެ 10 ވަނަ ދުވަސް ދިމާވަނީ 29 އޮގަސްޓް ވާ ހޮނިހިރު

1 month ago

އިބްރާހިމް ފައުޒީ

އާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެހެނީ މިދުވަހަކީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ކިބައިން މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރެއްވިދުވަހެވެ.

" ރަސޫލާ އަލައިހި ވަސައްލާމް މަދީނާއަށް ވަޑައިގަތުމުން ޔަހޫދީން ޢާޝޫރާ ދުވަހު ރޯދާ ހިފާތަން ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " މިއީ ކޮންކަމެއް ހެއްޔެވެ؟" ދެން އެބައިމީހުން ބުންޏެވެ. " މިއީ މާތްވެގެންވާ ދުވަހެކެވެ. އެހެނީ މޫސާގެފާނާއި ބަނީ އިސްރާއީލުގެ ބާގައިގެ މީހުން އެބައިމީހުންގެ ދުސްމަނުންގެ ކިބައިން ސަލާމަތްވީ ދުވަހަކީ މިއީއެވެ. އެހެންކަމުން ތިމަންމެން ރޯދަހިފަނީއެވެ. ރަސޫލާ އަލައިހި ވަސައްލާމް ހަދީޘްކުރެއްވިއެވެ. " މޫސާގެފާނުގެ މައްޗަށް ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނު މާ ޙައްޤުކަން ބޮޑުވެގެންވެއެވެ." އަދި އެކަލޭގެފާނު އެދުވަހު ރޯދަ ހިއްޕަވައި އެދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.

މިދުވަހުގެ ރޯދަ ހިފުން އެންމެ އައުލާކަން ބޮޑުވެގެންވަނީ 9ވަނަ ދުވަހާއި އަދި 10 ވަނަ ދުވަސް އެއްކޮށް ހިފުމެވެ. ނުވަތަ 10ވަނަ ދުވަހާއި 11ވަނަ ދުވަސް އެއްކޮށް ހިފުމެވެ. އެއީ ރަސޫލާ އަލައިހި ވަސައްލާމް ޙަދީޘްކުރައްވާފައިވާ ފަދައިން ޔަހޫދީންނާއި ޚިލާފުވުމަށްޓަކައެވެ. " ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ"

މީގެ އިތުރުން އިބުނުލް ޤައްޔިމު ޛާދުލް މަޢާދުގައި ލިޔުއްވާފައިވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުންވަނީ ހަތަރުގޮތަކަށެވެ.

1. ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން

2. ނުވަތަ 9 ވަނަ ދުވަހާއި އެކު ރޯދަހިފުން

3. ނުވަތަ އެގާރަ ވަނަ ދުވަހާއި އެކު ރޯދަހިފުން

4. ތިންދުވަހު ރޯދަހިފުން.. އެބަހީ: 9ވަނަ ދުވަހާއި ދިހަވަނަ ދުވަހާއި 11ވަނަ ދުވަހު އެއްކޮށް ރޯދަހިފުން.

މިއަހަރުގެ ޢާޝޫރާ ދުވަސް މުޙައްރަމް މަހުގެ 10 ވަނަ ދުވަސް ދިމާވަނީ 29 އޮގަސްޓް ވާ ހޮނިހިރު ދުވަހާއެވެ. އެހެންކަމުން މި ދުވަހު ރޯދަ ހިފުމަށް ހަނދުމަފުޅުކޮށް ދެމެވެ.

ކިޔުންތެރިންގެ ހިޔާލު