އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ހިޖުރައިން އެތަކެއް ފިލާވަޅެއްލިބޭ- ހުކުރު ޚިތުބާ

2 months ago

އިބްރާހިމް ފައުޒީ

ހިޖުރައިން އެތަކެއް ފިލާވަޅުތަކެއް ލިބޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. އިއްޔެއަކީ ހިޖުރީ އައު އަހަރެއް ފެށުނު ދުވަސްކަމަށްވާތީ މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ ހިޖުރައިގެ މައްޗަށެވެ. ހިޖުރައިގެ މަތިވެރިމާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮމަގަށް ރުޖޫޢަވުމެވެ. އަދި ހަމައެހެންމެ އެންމެ މާތްކަން ބޮޑު ހިޖުރައަކީ ތިބާގެ ވެރިރަސްކަލާންގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ.

"ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މިމަޢުޟޫއަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމެވެ. އެގޮތުން ކީރިތި ރަސޫލާ (ސ.އ.ވ) އެކަލޭގެ ފާނު އުފަންވެ ވަޑައިގެން ރަށްދޫކުރައްވާ އަދި ގާތްތިމާގެ މީހުނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވި ދަތުރު ފުޅު ފެއްޓެވީ އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާން ކުރައްވާފައެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު އެއްބަޔަކީ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަން ރޭވުމާއި ކަންކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުމެވެ. ހިޖުރައަށް ވަޑައިގެންނެވުމުގެ 4 މަސްދުވަސްކުރިން އަބޫބަކުރުގެ ފާނު ދަތުރުގެ ސަވާރީ ތައްޔާރުކުރައްވަން ފެއްޓެވިއެވެ. ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭ އަލީގެ ފާނު ކީރިތި ރަސޫލާ (ސ.އ.ވ) ގެ އެދުދާން ކޮޅުގައި އަވަހާރަ ފުޅުލެއްޕެވިއެވެ.

ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި އިމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބުން ހިމެނެއެވެ. ސާބިތުކަމާއެކު ތިބެއްޖެނަމަ އެބަޔަކަށް އެއިލާހު ސުބުހާނަހޫ ވަތަޢާލާ ހިމާޔަތް ކުރައްވާ ނަސްރު ދެއްވާނެކަނަށް ކަށަވަރެވެ. މިކަން ހިޖުރައިގެ ހާތިދާއިން ސާބިތުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު