އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރޯމަހުގެ ކިރުގަރުދިޔަ ތައްޔާރު ކުރާނެ ގޮތް

1 year ago

ޖުވޭރިޔާ ވަޖުދީ

ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. ހިޖުރީ އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް އަރިސްކުރަމެވެ. ހިޖުރީ އާ އަހަރުގެ ފެށިގެން ކުރިޔަށްދާއިރު، އަބަދުވެސް މަސައްކަތް ކުރަންވާނީ މިއަހަރުގެ ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ ސުފުރާމަތި ފަޅުފިލުވާލާ ދުވަހަކަށް ހެދޭތޯ މަސައްކަތް ކުރުމެވެ. އަޅުގަނޑު ތިޔަބޭފުޅުންގެ ޚިދުމަތުގައި އެކަމަށް މަސައްކަތް ކުރަން ތައްޔާރަށް ހުރިވާހަކަ ދަންނަވަމެވެ. އެގޮތުން މިއަދު މިގެނެސްދެނީ ރޯމަހު ކިރުގަރުދިޔަ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

3 ގަނޑު ރޯމަސް ( ކިއުބްސްގޮތަށް ކޮށާފައި)

2 ފިޔާ ( ހިމުންކޮށް ކޮށާފައި)

4 ރޯމިރުސް( ފެހިތޮޅިމިރުސް ފަޅިފަޅިކޮށްފައި)

1 ގިތެޔޮމިރުސް ( ފަޅިފަޅިކޮށްފައި)

3 ހިކަނދިފަތް

1 އިންޗީގެ 6 ރާނބާފަތްކޮޅު

3 ޖޯޑު ފެންކިރު

1 ޖޯޑު ބޯކިރު

5 ކާފޫރު ތޮޅި ( ދެކޮޅު ބުރިކޮށްފައި)

1 އިންޗީގެ 2 ފޮނިތޮށިކޮޅު

4 ޖޯޑުފެން

1 އިންޗީގެ އިނގުރުކޮޅެއް ( ގާނާފައި)

4 ލޮނުމެދު( ހަނިދިގަށ ފަޅިފަޅިކޮށްފައި)

1 ލުނބޯ ނުވަތަ 2 ހުތް އަނބު ( ކުދިކޮށް ކޮށާފައި)

ލޮނުކޮޅެއް

ރީނދޫ ( ކުލަހިފާޥަރަށް )

ތައްޔާރުކުރާނެގޮތް

ފުރަތަމަ ތެއްޔަށް 3 ޖޯޑު ކިރާއި ފެން އަލާފައި އަދި ބޯކިރު ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާފައި ރަނގަޅަށް ކެކި މަސްތައް ރޯފިލުމުން ބޯކިރުވެސް އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

ވަޅޯމަހާއި އަދި ތަފާތު ތަރުކާރީ އާއި ފަތް ، ތަފާތުހުރިހާ މަހަކުންވެސް ކިރުގަރުދިޔަ ކައްކައެވެ. 

ކިޔުންތެރިންގެ ހިޔާލު