އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފިޝް އިންގާރލިކް ސޯސް ތައްޔާރު ކުރާނެގޮތް

1 year ago

ޖުވޭރިޔާ ވަޖުދީ

ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. ހިޖުރީ އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް އަރިސްކުރަމެވެ. ހިޖުރީ އާ އަހަރުގެ ފެށިގެން ކުރިޔަށްދާއިރު، އަބަދުވެސް މަސައްކަތް ކުރަންވާނީ މިއަހަރުގެ ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެންގެ ސުފުރާމަތި ފަޅުފިލުވާލާ ދުވަހަކަށް ހެދޭތޯ މަސައްކަތް ކުރުމެވެ. އަޅުގަނޑު ތިޔަބޭފުޅުންގެ ޚިދުމަތުގައި އެކަމަށް މަސައްކަތް ކުރަން ތައްޔާރަށް ހުރިވާހަކަ ދަންނަވަމެވެ. އެގޮތުން މިއަދު މިގެނެސްދެނީ ފިޝް އިންގާރލިކް ސޯސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

500 ގ. ރޯމަސް ( ކޮށާފައިހުރި)

250 ގ. ޓޮމާޓޯ ( ކޮށާފައި)

5 ލޮނުމެދު

2 /1 އިންޗި އިނގުރު ކޮޅެއް

1 ސައިސަމުސާ ދިރި

7 ހިކިމިރުސް

4 މޭޒުމަތީ ސަމުސާ ވިނިގަރ

2 /1 ސައިސަމުސާ ރީނދޫ

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ދިރި ، ލޮނުމެދު، އިނގުރު، މިރުސް، އެއްކޮށް ގްރައިންޑަރުން ޕޭސްޓަށް ހަދާލުމަށްފަހު ހުރިހާބާވަތް އެއްކޮށްފައި މަޑުގިނީގައި މަތިޖަހައިގެން މަސް ރޯފިލަންދެން ކައްކާށެވެ.

ކިޔުންތެރިންގެ ހިޔާލު