އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އިންސާނާ ކުރާ ކޮންމެ ޢަމަލަކާމެދު އޭނާ ޒިންމާވަންޖެހޭނެ- ހުކުރު ޚުތުބާ

2 months ago

އިބްރާހިމް ފައުޒީ

ޒިންމާނެގުން މިއައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ވިދާޅުވެފައިވަނީ އިންސާނާ ކުރާކޮންމެ ކަމަކީ ނުވަތަ ބުނާ ކޮންމެ ބަހަކީ ކުރާ ކޮންމެ ހަރަކާތަކީ ނުވަތަ އަޅާ ކޮންމެ ފިޔަވަލާކާ މެދު އޭނާ ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި އޭނާ ޙާޟިރުގައި މަލާއިކަތުންނެތި އެއްވެސް އޭނާއަށް އެއްވެސް ބަހެއްވެސް ނުބުނެވޭނެކަމާއި އަދި ޤިޔާމަތްދުވަހުން އަނެކާ ކުއްވެރިކުރުމަށްފަހު އެކަމުން ތިމާ ބަރީއަނުވެވޭނެކަމަށްވެސް ބުނެފައިވެއެވެ. ވީމާ ތިމާގެ ގުނަވަންތައް ނުބައިކަންކަމުން ދުރުހެލިވެ ހަވާނަފްސް އެދޭކަންކަމުން ދުރުހެލިވުމަށް ހުތުބާގައި އެދިފައިވެއެވެ. އެގޮތުން ޣީބަބުނުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުމާއި ޒިނޭކުރުމާއި ހަށިފޭރުމާއި ޖިންސީފުރައްސާރަކުރުމާއި މިނޫންވެސް އެންމެހާ ކަންކަމުން ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު