އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފިޠުރު ޢީދަށް ޙާއްޞަ: ޓޮމާޓޯ ފިޝް

1 year ago

ޖުވޭރިޔާ ވަޖުދީ

ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. ފިޠުރު ޢީދުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް އަރިސްކުރަމެވެ. ފިޠުރު ޢީދު ދުވަހަކީ އަބަދުވެސް ސުފުރާމަތި ފަޅުފިލުވާލާ ދުވަހެކެވެ. އެގޮތުން މިއަދު މިގެނެސްދެނީ ޓޮމާޓޯ ފިޝް ތައްޔާރު ކުރާނެ ގޮތެވެ.


ބޭނުންވާތަކެތި

2 ގަނޑު ރޯމަސް ( ކުދިކށް ކޮށާފައި)

2 ފިޔާ ( ކޮށާފައި)

2 ހިކަނދިފަތް

2 ޓޮމަޓޯ ކޮށާފައި

5 ރާނބާފަތްކޮޅު 2/1 އިންޗިއަށް ބުރި ބުރިކޯށްފައި ހުރި

3 މޭޒުމަތީ ސަމުސާ ހަވާދު

1 ދަޅު ޓޮމާޓޯ ޕޭސްޓް

1 ސައި ސަމުސާ މަސްޓަރޑް ކްރީމް

1 ސައި ސަމުސާ ލޮނުމެދު ( ގާނާފައި ހުރި)

1 މެޒުމަތީ ސަމުސާ ރާޅުކޮށް ތަޅާފައި ހުރި ހިކި މިރުސް

ތެޔޮ ފޮދެއް

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ހޫނުވީމާ ކުޑަ ތެޔޮ ފޮދެއް އަޅާފައި ހހޫނުވީމާ ހިކަނދިފަތް ރާނބާފަތް އެއްކޮށް އަޅާލުމަށްފަހު ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ފިޔަކޮޅު މޯޅިވީމާ ބާކީ ހުރި ހުރިހާ ބާވަތް ތައް އެއްކޮށްފައި ރޯފިލުމުން އުނދުން މަތިން ބާލާށެވެ. 

ކިޔުންތެރިންގެ ހިޔާލު