އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ކޮވިޑް-19 އެމެރިކާގައި މަރުވިމީހުންގެ އަދަދު ލައްކައަކާ ގާތަށް

1 year ago

އިބްރާހިމް ޢަލީ

ދުނިޔޭގައި އެންމެފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޓިވްވެފައިވަނީ ޗައިނާގެ ވުހާން ސިޓީގައެވެ. ޗައިނާއިން މިބަލީގެ މައްޗަށް ކާމިޔާބުހޯދައި މުޅިގައުމުން ކޮވިޑް-19 ފޮހެލިއިރު އެކަމަށް ޖޯކުޖައި މަލާމާތްކޮށް ހަދަމުންދިޔަ އެމެރިކާގައި ކޮވިޑަށް ޕޒިޓިވްވީ މީހުންގެ އަދަދު 1,537,830 (އެއްމިލިޔަން ފަސްލައްކަ ތިރީސް ހަތްހާސް ތިރީސް) އެރިއިރު އެބަލީގައި މިހާތަނަށް 90,694 (ނުވަދިހަ ހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް) މީހުންނަނީ މަރުވެފައެވެ.

އަދިމިބަލި ފެނުނުތާ ކުރީކޮށް އެންމެގިނައިން އިޓަލީއާއި ސްޕޭންނުންވެސް ވަނީ ކުރިއަށްވުރެ ކޮވިޑް-19 ޖެހޭމިންވަރު މަދުވެފައެވެ. ބޮޑުތަފާތާކާއިއެކު އެންމެ ކުރީގައިއުޅޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ފޯކަސްހުރީ މިއީ ޗައިނާއިން ގަސްދުގައި ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރުމަށެވެ. މިކަމަށް އިޝާރާތްކުރައްވާ ޗައިނާއާއި ދިމާލަށް ރައީސް ޑޮނަލްޑް ޓްރަންޕު އިގިލި ދިއްކުރަމުންދާއިރު ޗައިނާއިން އަންނަނީ އެކަމަށް އިންކާރުކުރަމުންނެވެ.

ކޮވިޑް-19 ޖެހިގެން މުޅިދުނިޔެއިން 318,554 މީހުން މަރުވެފައިވާއިރު މުޅިދިނިޔޭގައި މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 4,805,430 އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު