އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވޭ- ހުކުރު ޚުތުބާ

10 months ago

އިބްރާހިމް ފައުޒީ

މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވެ އުޅުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. އެގޮތުން މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާފަދަ ކަމެއްނުކުރުމަށާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެބަލައި އެތަނުގައި އުޅެނީ ކޮންބައެއްތީއާއި ހުރީކޮންއެއްޗެއްތޯ ބަލައި ނެހެދުމަށް ހަދާންކޮށްދިނެވެ. އަދި އެއީ ހުއްދަވެގެންވާ ކަންކަން ނޫންކަމަށް ވަނީ ބަޔާންކުރައްވާފައެވެ. މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި މަގުމަތީގައި މީހުންނަށް ގެއްލުންވާފަދަ އެއްވެސ ކަމެއްނުކުރުމާއި ޢަމަލުންވިޔަސް ބަހުންވިޔަސް ޢިޝާރާތަކުންވިޔަސް ބަލާބެލުމަކުންވިޔަސް އުނދަގޫކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތން ތަކެތި ދުއްވާއިރު ވިއްސާރަ ދުވަހަކާއި ދިމާވެއްޖެނަމަ މަގުމަތީގައި ހިންގާފައިދާ މީހުންންގެ ގަޔަށް ފެންބުރައިގެން ނުދާނެގޮތަކަށް ދުއްވުމާއި މަގުމެދަށް ޓެކްސީ ނުހުއްޓުމާއި މަގުހައި ހިންގާ ބިގާމީހުންނަށް ސަމާލުކަން ދިނުމާއި ޓެރެފިކް ޤަވައިދުތަކަށް އިޙްތިރާމްކުރުމާއި ސައިލަންސަރުން އަޑުބާރުވާގޮތަށް ނުދުއްވުމުމަކީ މަގުމަތީގެ އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަންކަންކަމަށްވަނީ ބަޔާންކުރައްވާފައެވެ. ހަމައެހެންމެ މަގުމަތި ސާފްތާހިރުކޮށް ބެހެއްޓުމާއި މަގުމައްޗަށް ކުނިނޭޅުމާއި ހިންގާބިގާ އުޅޭމީހުންނަށް ގެއްލުންވަތަކެތި ކަމުގައިވާ ބިއްލޫރި މޮހޮރު ފަދަ ތަކެތި ޚާއްސަކޮށް ނުއުކުމަށްވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު