އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޙަސަން ސާޢިދަށް މިފަހަރުވެސް ރާއްޖެއަށް ރަންމެޑަލްއެއް ހޯދާދީފި

1 year ago

އިބްރާހިމް ފައުޒީ

13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައިފި އެވެ. މިއީ ދިވެހި އެޓްލީޓަކު މިމުބުރާތުގައި ހޯދި ފުރަތަމަ ރަންމެޑަލްއެވެ. މިއަދުގެ ފައިނަލް އިވެންތްގައި ސާއިދު ރޭސް ނިންމީ 10.49 ސިކުންތުންނެވެ. ދެވަނައަށްދިޔަ ލަންކާގެ ހިމާޝާ އީޝާން ރޭސް ނިންމާލީ 10.50 ސިކުންތުން ނެވެ.ތިންވަނަ ހޯދީ ޕާކިސްތާންގެ ދުވުންތެރިޔާ ސާމިއުއްލާ އޭނާ ރޭސް ނިންމާލީ 10.66 ސިކުންތުންނެވެ.

ސާއިދުގެ މިކާމިޔާބީއާއި ގުޅިގެން ވަރަށްގިނަފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ސާއިދާށް މަރުހަބާ ކިޔަމުންނެވެ. ސާއިދު މިހޯދިކާމިޔާބީއާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދަށް، ފޯނުން ގުޅުއްވައި މަރުޙަބާ ދަންނަވާފައެވެ. މިކާމިޔާބީއާއި ގުޅިގެން ސާއިދުވެގެން ގޮސްފައިވަނީ މި ސައުތު އޭސިއާސަރަހައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާއަށެވެ. 

ކިޔުންތެރިންގެ ހިޔާލު