އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ސްރީލަމްކާގެ ބޮޑު ވަޒީރު ރަނިލް މަޤާމުން އިސްތިއުފާ ދެއްވައިފި

1 year ago

އިބްރާހިމް ފައުޒީ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކުރަމަ ސިންހް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ބޮޑުވަޒީރުކަމުން ރަނިލް އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި އިންތިޚާބު ކާޟިޔާބުކުރައްވާ ރައީސްކަމަށް އިންތީޚާބުވި ގޯޓާބޭ ރާޖަޕަކްސާއަށް ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އެހެންވެ ދެން ސްރީލަންކާގައި އޮންނާނީ ވަގުތީ ސަރުކާރެކެވެ. އާރައީސް ގޯޓާބޭ ވަނީ 15 މެންބަރުން ހިމެނޭ ވަގުތީ ކެބިނެޓެއް އެކުލަވާލަން ނިންމާ އެސަރުކާރުގެ ބޮޑުވަޒީރަކަށް މިހާރުގެ ރައީސްގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކަނޑައަޅުއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު