އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ޕަބްޖީ، ޖަސްޓް ކޯސް، ޕޯކެމޯންގޯ، ފޯޓްނައިޓް ފަދަގޭމްތަކުން ޒުވާނުންގެ ދީނީދުނިޔެވީ ވާޖިބުއަދާ ކުރުމަށް ހުރަސް އެޅޭ- ހުކުރު ޚުތުބާ

11 months ago

އިބްރާހިމް ފައުޒީ

ޒުވާނުންގެ ތެރޭގައި ވަރަށް ފޯރިއާއެކު ކުޅެމުން ގެންދާ ބައެއް އިލެކްޓްރޯނިކްސް ގޭމްސަތައްކަމަށްވާ ޕަބްޖީއާއި ޖަސްޓްކޯސް އާއި ޕޯކެމޯންގޯ އާއި ފޯޓްނައިޓް ފަދަގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔެވީ ވާޖިބުއަދާ ކުރުމަސް ހުރަސް އެޅުމުގެ އިތުރުން ތަފާތު އިތުރު ގެއްލުންތައް ކުރިމަތި ކުރުވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުތުބާގައި ވިދާޅުވެފައިވާ ގޮތުގައި އިލެކްޓްރޯނިކް ގޭމްތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރައްވާފައިވާ ގޮތުގައި އެފަދަ ގޭމްކުޅޭ ޒުވާނުންގެ މެދުގައި ކުށްކުރުމާއި މީހުން މެރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ޚިޔާލު އަށަގަނެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުވެސް އުފެދެއެވެ. އަދި އެފަދަ ޒުވާނުންގެ ކިބައިން މުރާލިކަން ކެނޑި ކަންނެތްކަން އަށަގަނެއެވެ. ގޭމް ކުޅެން ގިނަވަގުތު ހޭދަކުރާއިރު އޮށޯވެ އޮވެވޭގޮތަކުން ނުވަތަ އިށީދެ އިނދެވޭ ގޮތަކުން ބުރަކަށީގައި ރިއްސާ ބުރަކަށި ގުދުވެމައިބަދައަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ނޭގިހުއްޓަ ލޮލަށް ގެއްލުންތައް ލިބި ލޮލުގެ ފެނުމަށް އަސަރުކުރެއެވެ. ލޭގެ ޕްރެޝަރަށް ބަދަލުއައިސް ސިކުޑިއަށް ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. މިޒާޖަށް ބަދަލުއައިސް ދީނީ އަޚްލާޤީ މިންގަނޑު ފަހަނައަޅައި ހަވާނަފްސުގެ އަޅަކަށް މިހާވެދެއެވެ. އެހެންކަމުން ބައެއް ގައުމުތަކުގައި މިފަދަ ބައެއް ގޭމްތައް ވަނީ މަނާކޮށްފައެވެ 

ކިޔުންތެރިންގެ ހިޔާލު