އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކިރިތި ޤުރުއާނަކީ ނިމުމެއްނުވާ ބޮޑު މުޢުޖިޒާތެއް- ހުކުރު ޚުތުބާ

11 months ago

އިބްރާހިމް ޢަލީ


ކީރިތި ޤުރުއާނަކީ ނިމުމެއްނުވާ ބޮޑު މުއުޖިޒާތެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. 

އިސްލާމްދީނުގެ އަދާވަތްތެރިން ޤުރުއާން ނައްތާލާން ނުވަތަ ބަދަލުކުރަން އުޅުނު ކަމުގައިވިޔަސް އެކަމެއް ކާމިޔާބު ނުވާނެކަމަށެވެ. އަދި އިންސީންނާއި ޖިންނީން އެއްވިކަމުގައިވިޔަސް އެއާއި އެއްފަދަ އެއްޗެއް ނުގެނެވޭނެކަމަށް ﷲ ތަޢާލާވަނީ އަންގަވާ ވަޙީކުރައްވާފައެވެ. 

 ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންގެ ތެރޭގައި އުޅުނު އެންމެ ފަސާޙަތްތެރިވެސް ވަނީ އެފަދަ ޤުރުއާނެއް ގެނައުމަށް ނުކުޅެދިފައެވެ. ﷲ ސުބުހާނަހޫ ވަތަޢާލާވަނީ އެޤުރުއާން ރައްކާތެރިކޮށްދެއްވުމަށް ވަޢުދުވެ ވޮޑިގެންފައެވެ. 

މީގެ އިތުރުން ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ކީރިތި ޤުރުއާނަކީ މުސްލިމުންގެ ހިތާ ފުރާނައާއި ޟަމީރުގެ ކާނާކަމަށެވެ. އަދި އެފޮތް ކިޔަވާ ތިލާވަތު ކުރާ މީހާގެ ހިތަށް ދިރުންލިބި ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު