އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކީރިތި ރަސޫލާގެ މަޤާމަށް ޤަދަރުކޮށް އިޚްތިރާމްކޮށް އަދަބުތަޢުޡީމު އަދާކުރޭ – ހުކުރުޚުތުބާ

1 year ago

އިބްރާހިމް ފައުޒީ


މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ ކީރިތި ރަސޫލާގެ މަޤާމަށް ޤަދަރުކޮށް އިޚްތިރާމްކޮށް އަދަބުތަޢުޡީމު އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.

އަދި މާތް ނަބިއްޔާގެ ޢަދުލުވެރިކަމާއި، އޯގާތެރިކަމާއި، މާތްކަމާއި، އެކަލޭގެފާނުން ގެނެސްދެއްވި ޚަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި ހަތުރުންވެސް ހެކިވާނެއެވެ. އަދި އެކަލޭގެ ފާނަށް އީމާންވެ އެކަލޭގެ ފާނުދެކެ ލޯބިވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމަށެވެ.

މިއަދުގެ ހުކުރުޚުތުބާ ގައި ކީރިތި ރަސޫލާގެ މަޤާމަށް ޤަދަރުކޮށް އިޚްތިރާމްކޮށް އަދަބުތަޢުޡީމު އަދާ ކުރުމަށް ގޮވާލާފައި މިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާ ދަޑިވަޅެއްގައެވެ.

އަދި އެމްޑީއެން ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން އިއްޔެ ނިންމީ ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ގެނެރެފައިވާ ރިޕޯޓްގެ މައްސަލައިގައި ތުހުމަތުކޮށް ޕޮލިސް ސާރވިސްއަށް ހުށައެޅިފައިވާ މައްސަލަ ޕޮލިހުން ތަޙްޤީޤު ކުރަމުން ދާތީ ޖަމްޢިއްޔާތަކާބެހޭ ޤަވާއިދު 39 ވަނަ މާއްދާއިން ޖަމްޢިއްޔާގެ ރަޖިސްޓްރާއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުންނެވެ.

މިއަދުގެ ޚުތުބާ ނިންމާލުމުގެ ކުރިން ވިދާޅުވެފައިވަނީ އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ އިސްލާމީ އުންމަތަށްޓަކައި ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފެހެއްޓުމަށް ދިވެހި އުންމަތަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު