އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޓެކްސީޑްރައިވަރުންގެ އުދާސްތަކަށް އަދިވެސް ޙައްލެއްނެއް!

1 year ago

އިބްރާހިމް ފައުޒީ

މާލޭގައި ޓެކްސީ ކުރާ ފަރާތްތަކުގެ ޝަކުވާ މިދުވަސްކޮޅު ވަކީން ބޮޑުވާން ފަށައިފިއެވެ. ޓެކްސީކުރާތް ފަރާތްތަކުން ޑިކީއަށް އަރުވާ ލަގެޖުން ނަގަމުންދިޔަ 5 ރުފިޔާވަނީ ކަނޑާލާފައެވެ. މިފަހުން ޓްރާންސްޕޯޓުން ތަޢާރަފުކުރި އާޤަވާއިދުގެ ސަބަބުންވަނީ ނުތަނަވަސްކަން އުފެދިފައެވެ. މާލޭގައިކުރާ ކޮންމެ ދަތުރަކަށްނެގެނީ 25 ރުފިޔާއެވެ. މާލެއިން އެއާރޕޯޓަށް ކުރާދަތުރަކަށް ނަގަނީ 60 ރުފިޔާއެވެ. އަދި އެއާރޕޯޓުން ކިތަންމެ ބަރުކޮށް ލަގެޖު އެރުވިޔަސް އެންމެރުފިޔާއެއްވެސް ނުނެގެއެވެ. އަދި އެތަކެތި އަރުވާ ބޭލުންވެސް އޮންނީ ޓެކްސީޑްރައިވަރު ކުރަންޖެހޭ ކަމަކަށްވެފައެވެ. އަދި ހުޅުމާލެއަށް ޓެކްސީ ދަތުރެއް ކުރެވެނީ 75 ރުފިޔާއަށެވެ. މާލޭގައި ޓެކްސީކުރާ ކާރެއް ހުޅުމާލެއަށް ދަތުރެއްނަގައިފިނަމަ، ދަތުރެއްނުލިބި އެތައް އިރަކު ހުޅުމާލޭގައި މަޑުކުރަންޖެހި ނުވަތަ ހުހަށްދުއްވަން ޖެހުމުގެ ޝަކުވާވަނީ އިތުރުވެފައެވެ.

މިހާރު އަލަށްތަޢާރަފްކުރެވުނު އޮންލައިން ޓެކްސީ ކުރުން ވެސް ކުރުންވަނީ އަރަތަކަށްވެފައެވެ. އޮންލައިން ޓެކްސީ ކުރާވެހިކަލްތަކުގައި ރީނދޫބޯޑެއް ނުވަތަ ދިއްލާ ޓެކްސީބޯޑެއް އިންނާކަށްނުޖެހެއެވެ. ގުޅޭނަންބަރެއް ނުވަތަ އެއީކޮންތަނެއްގެ އެއްޗެއްކަން އެނގޭކަށްވެސް ނުޖެއެވެ. އެތެރެ ނުފެންނަހެން ޓެކްސީކުރިއަސް އަމިއްލަ ވެކިކަލްގައި އެއީ މައްސަލައަކަށްނުވެއެވެ. ކަމެއްދިމާވެ، އަގުބޮޑުއެއްޗެއް ބެހެއްޓުންފަދަ ގޮތެއްވެއްޖެނަމަ އަލުން އަނބުރާ އެއަށްގުޅޭނެގޮތެއް ނޯވެއެވެ. އޭގެވެރި ފަރާތެއްވެސްނޭނގެއެވެ. އަދި ބިދޭސީނަންވެސް ޕްރައިވެޓްވެހިކަލްތަކުގައި ޓެކްސީ ކުރުމަކީވެސް މައްސަލައެއްނޫނެއެވެ. އަމިއްލަމީހުން ގެންގުޅޭ ޓްއިވަރުންނަށްވެސް ޓެކްސީކޮށްގެން ވެރިފަރާތަށްނޭގި ފައިސާ އެއްކުރެވޭނެ ދޮރެއްވެސް މިވަނީ ހުޅުވާލެވިފައެވެ. 

ވެހިކަލްދުއްވަމުން ފޯނުކުމަކީ ދުނިޔޭގެ އެއްހެން ޤައުމުތަކެކޭ އެއްފަދައިން މިރާއްޖޭގައިވެސް މަނާކަމެކެވެ. ނަމަވެސް މިހާރު އަލަށްތަޢާރަފްކުރެވުނު އޮންލައިން ޓެކްސީކުރާ އިރު ފޯނު ބޭނުންނުކޮށް އެކަންކުރެވޭ ކަށްނޯވެއެވެ. އަދި ބައެއްފަހަރު ކަސްޓަމަރަށް ފޯނުންގުޅައިގެން ވާހަކަ ދައްކަންޖެހެއެވެ. އެފަދަ ހާލަތުގައި މަގުމަތީގައި ޓެކްސީ ހުއްޓައިގެން ފޯނުންވާހަކަ ދައްކާނަމަ ޓްރެފިކް ޖޭމުވެ، މަގުބަންދުވާކޮތް ދިމާވެއެވެ. ޓެކްސީ ޑްރައިވަރަކު ފޯނުން ވާހަކަ ދައްކައިފިނަމަ އޭނާ ޖޫރިމަނާ ކުރެއެވެ. ނަމަވެސް ޕްރައިވެޓް ޓެކްސީގައި އެތެރެނުފެންނާތީ ފޯނުންވާހަކަ ދެއްކިއަސް ބެލޭނެ ގޮތެއްނޯވެއެވެ. 

އަނެއްކޮޅުން ވިސްނާލަންޖެހޭ ހަޤީޤަތަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ރޭގަނޑު ކުރާ ދަތުރާއި ދުވާލުކުރާ ދަތުރުގެ އަގުތަފާތުކަމެވެ. ނަމަވެސް އަލަށްގެނެވުނު އަގުގެ ބަދަލާއެކު ރޭގަނޑެކޭ ދުވާލެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދި ބައެއްފަހަރު ދިމާވާ މައްސަލަ އަކަށްވަނީ ޓެކްސީ އަށް ފޮށިއެރުވުމުން އިތުރު އެއްޗެއް ނުލިބޭތީ އާންމުކޮށް ޓެކްސީ ޓައިވަރުން އިސްކަންދެނީ ހުސްއަތާ ހުންނަމީހާއަށެވެ. ލަގެޖްތައް ހިފައިގެން ބަދަރުގައި އެތައް އިރެއްވާއިރުވެސް ޓެކްސީ އެއްނުލިބުމުން ޖެހެނީ 50 ނުވަތަ 60 ރުފިޔާދީފައި ޕިކަޕެއްގައި ގެއަށްދާށެވެ. 

މިމައްސަލަތައް ބޮޑުވެގެން ޓްކްސީ ޑްރައިވަރުންގެ ޖަމްޢިއްޔާއިން ޙައްލެއް ހޯދުމަށްޓަކައި ސިވިލް ކޯޓުގައި ވަނީ ދަޢުވާ ކޮށްފައެވެ. އަދި ޓެކްސީ ޑްއިވަރުން ތިބީ އަވަސް ޙައްލެއްގެ އިންތިޒާރުގައެވެ. 

 

ކިޔުންތެރިންގެ ހިޔާލު

މުޙައްމަދު ޢަލީ

މިވެސް ފުދޭ ވަރަކަށް ގިނައިން ބޭނުން ކުރެވޭ ވަސި

1 year ago

މަރީ

ވަރަށް ރަނގަޅު ލިޔުމެއް، ޓްރާންސްޕޯރޓް އޮތޯރިޓީން ހެދި ގަވައިދުގެ ސަބަބުން ހުރިހާ ގެއްލުމެއް މިލިބެނީ އަހަރުމެން ކަސްޓަމަރުން ނަށް އީދު ބަންދު ނިންމާފަ އެއަރޕޯރުންޓުން ގެޔަށް ދާން ނެގި 1 ގަޑިއިރު އަހަރުން ކަސްޓަމަރުން ބޭނުންވަނީ ވަގުތު ސަލާމަތް ކުރަން އެހެޔޮ ޑްރައިވަރަށް 100 ރުފިޔާ ދޭންޖެހުނަސް

1 year ago

ޢަސްލު

ޢެއާޕޯރޓް ދަތުރުވެސް އެހެން ގައުމުތަކުާ ބޮޑު. ދެކޮޅު ދަތުތަށް ފައިސާނަގާ.

1 year ago

ާްއަހުމަދު

ޚޮޅިވާހަކަ ނުދައްކާ

1 year ago