އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އީރާން އޮތީ ކޮންމެފަދަ ނުރައްކަލަކާ ވެސް ކުރިމަތިލެވޭނެ ހާލަތެއްގައި: ޑިފެންސް މިނިސްޓަރ

1 year ago

އިބްރާހިމް ނާޒިމް

ދުޝްމަނުން އީރާނަށް ދީފާނެ ކޮންމެ ހަމަލާއަކުން ނުވަތަ ކުރިމަތިކޮށްފާނެ ކޮންމެ ނުރައްކަލަކުން އެ ޤައުމު ދިފާއުކުރެވޭނެ ފަދަ ބާރުވެރިކަން އީރާނުގައި އެބަހުރިކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިޔާ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވެއްޖެ އެވެ. ކޮންމެ ފަދަ ނުރައްކަލަކުން ވެސް އީރާން ދިފާއުކުރާނެކަމުގެ އަޒުމް އެ ޤައުމުގައި ހުރިކަން ދޭހަވާކަމަކީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު އީރާނުން ހުއްޓުވައި އެ އުލަނދުގެ ކޮންޓްރޯލް އީރާނުގެ ސަލާމަތީ ބާރުތަކުގެ ދަށަށް ގެންދިޔަލެއް ފަސޭހަކަން ކަމުގައި ޖެނެރަލް ހާތަމީ ވިދާޅުވި އެވެ.


ހާތަމީ ވިދާޅުވިގޮތުގައި އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރި ތެޔޮ ޓޭންކަރު މެދުތެރޭކަނޑުން ޤާނޫނާ ޤަވާޢިދާ ޚިލާފަށް އިނގިރޭސިން ހުއްޓުވައި ކަނޑުފޭރުމުގެ އަމަލެއް ހިންގާފައި ވާތީ އީރާނުން އެ ކަމުގެ ރައްދުގައި އިނގިރޭސިން ގަލްފު ކަނޑުގައި ހިންގަމުންދާ މެރިޓައިމް ޤާނޫނާ ޚިލާފު ކަންތައްތަކާމެދު ފިޔަވަޅުއެޅީ އެވެ. މިކަމުން ދޭހަވަނީ ނުރައްކަލާ ކުރިމަތިލުމަށް އީރާނުގެ ކިބައިގައި އޮތް ޢަޒުމުގެ ވަރުގަދަކަން ކަމުގައި ހާތަމީ އިތުރަށް ވިދާޅުވި އެވެ.


އީރާނުގެ "އަލްޙަރަސުލް ޘައުރިލް އިސްލާމީ" ނުވަތަ އިސްލާމިކް ރެވޮލިޔުޝަނަރީ ގާރޑްސް ކޯޕްސްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު ވަނީ އިނގިރޭސިންގެ ތެޔޮ ޓޭންކަރު ބައިނަލްއަޤްވާނީ މެރިޓައިމް ޤާނޫނުތަކާއި ޚިލާފަށް ހޮރުމޫޒް ކަނޑުއޮޅި ހުރަސްކުރަނިކޮށް ހިފަހައްޓާފަ އެވެ. އިނގިރޭސި ދިދަ ނަގައިގެން ދަތުރުކުރި ސްޓެނާ އިމްޕާނޯ ނަމަކަށް ކިޔުނު ތެޔޮ ޓޭންކަރު ވަނީ އީރާނުގެ ރަށެއް ކަމަށްވާ ބަނދަރު ޢައްބާސްގެ އައްސޭރިފަށަށް ގެންދެވިފަ އެވެ. އެއަށްފަހު އެ އުޅަނދުން މެރިޓައިމް ޤާނޫނާ ޚިލާފުވި މައްސަލައިގެ ތަޙުޤީޤު ވަނީ ފަށާފަ އެވެ. ތުހުމަތު ކުރެވޭ މައްސަލައަކީ އީރާނުގެ މަސްބޯޓަކަށް ގެންލުންވާނެފަދަ އަމަލެއް ހިންގުމަށް ފަހު އެ ބޯޓު ހާލުގައި ޖެހުނުކަން އެންގުމުން ވެސް އަޅާނުލާ ދިޔަ މައްސަލަ އެވެ.


މި ޖުލައިމަހުގެ 4ވަނަ ދުވަހު އީރާނުގެ "ގްރޭސް 1" ނަމަކަށް ކިޔުނު ތެޔޮ ޓޭންކަރު ވަނީ މެދުތެރޭކަނޑުގައި އަލް ޖަބަލުއްޠޯރިޤު ކަނޑުއޮޅި ހުރަސްކުރަނިކޮށް އިނގިރޭސިންގެ ކަނޑުގެ ބާރުތަކުން ހިފަހައްޓާފަ އެވެ. އޭރު އެ އުޅަނދުގައި 2.1 މިލިޔަން ފީފާގެ ތެޔޮ ހުއްޓެވެ. އެކަންކުރި ސަބަބެއް ކަމަށް އިނގިރޭސިން ބުނެފައި ވަނީ ޔޫރަޕިޔަން ޔޫނިއަންގެ އަމިއްލަ ނިންމުމާއި ޚިލާފަށް ސީރިޔާއަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދޭކަމަށް ޝައްކުވާތީ އެވެ. ސީރިޔާއާއި އެތަކެއް ހާސް މޭލު ދުރުން ހަމައެކަނި ޝައްކަކަށް މިފަދަ އަމަލެއް އިނގިރޭސިން ހިންގާފައި ވާތީ އެއީ ކޮންފަދަ އަމަލެއްތޯ ބުނެ ސުވާލު އުފައްދާ އެތައް ބަޔަކު އެބަތިއްބެވެ. ސީރިޔާގައި ހުޅަނގުގެ ޤައުމުތަކުން ނުރުހޭ ސަރުކާރެއް އޮތުމުން އެ ޤައުމުގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެހެން ޤައުމަކާއި ވިޔަފާރިކުރުން ސީރިޔާއަށް މަނާކުރަންޖެހޭ ހެއްޔެވެ؟


އީރާނުގެ ފޮރިން މިނިސްޓަރު މުޙަންމަދު ޖަވާދު ޒަރީފް ވިދާޅުވާގޮތުގައި އިސްރާއީލުގެ އެދުމުގެ މަތިން އެމެރިކާގެ ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ފެއްޓުވުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން ބޯލްޓަން އާއީ އޭނާގެ ޓީމުން ވަނީ އިނގިރޭސިން ހަނގުރާމައިގެ ދަންތުރައެއްގެ ތެރެއަށް ވައްދަން މަސައްކަތް ފަށާފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސިން އީރާނުގެ ތެޔޮ ގުރާބުތަކުން ތެލުގެ ވިޔަފާރިކުރުން ހުއްޓުވަން ފެށީ އެވެ. މިކަމުގެ ބޭނުމަކީ އީރާނުގެ ތެލުގެ އެކްސްޕޯޓް ސުން ޕަސެންޓަށް ތިރިކޮށްލުމެވެ. އޭރުން އީރާނުގެ އިޤްތިޞޯދަށް އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ އެވެ. ދެން އެފަދަ މައްސަލަތައް ހޫނުވެ އެންމެ ފަހުން އީރާނާ އިނގިރޭސިންގެ ދެމެދުގައި ކުރިމަތިލުންތަކެއް ފެށިގެން ހިނގައިދާނެ އެވެ. އެއަށްފަހު އެކަމުގެ ތެރެއަށް އެމެރިކާ އާއި ސައުދީ ޢަރަބިއްޔާ އަދި އިސްރާއީލު ވެސް އެންމެފަހުން ވަދެ ގަލްފުގައި ބޮޑު ހަނގުރާމައެއް ފެށުމަކީ ޖޯން ބޯލްޓަން ބޭނުންވާ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު