އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ބ. ފުޓްބޯޅަ ޗެލެންޖްގެ 2019

1 year ago

ހުސެއިން އަރުބާން ފައްވާޒް

ބ. ފުޓްބޯޅަ ޗެލެންޖްގެ 2019 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށާއިފިއެވެ.


މި މުބާރާތް އިންތިޒާމް ކޮށްފައިވަނީ ފޯރ ސީޒަން ލަނޑާގިރާވަރާއި، ބ. އޭދަފުށީގެ ޖަމިއްޔާއެއް ކަމަށްވާ ވެސްޓް ވިންގްސް އޭދަފުށިއާއީ ގުޅިގެންނެވެ.


މުބާރާތުގައި ބ. އަތޮޅުގެ 11 ޓީމެއް ބައިވެރިވެފައިވެއެވެ.


މިއީ ބ. އަތޮޅު ފެންވަރުގައި ބޭންވިގެންދާ ފުރަތަމަ މުބާރާތެވެ. ހަމަ އެޔާއެކެ މިފަދަ ބޮޑު މުބާރާތެއް އިންތިޒާމްކޮށް ބޭއްވިގެން މިދަނީ ފޯރ ސީޒަން ލަނޑާގިރާވަރުން މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން ކަމަށް އޭދަފުށީގެ ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް ތޮލާލް ވިދާޅުވެފައިވެއެވެ.


ތޮލާލް އިތުރަށް ވިދާޅުވީ ބ. އަތޮޅަކީ ވަރަށް ފުޓްބޯޅައަށް ލޯބި ކުރާ އަތޮޅެއް ކަމަށެވެ. ހަމަ މިފުރުސަތުގައި އެބޭފުޅާއިގެ ރަށް ކަމުގައިވާ އޭދަފުށީގެ ކުދި ބޮޑު އެންމެންނަކީވެސް ފުޓްބޯޅައަށް ލޯބިކުރާ ފުޓްބޯޅަ ކުޅުމަށް ހާއްސަ ސަމާލު ކަމެއް ދޭ ބަޔެއް ކަމުގައި ވެސް ފާހަގަކޮށްލައިފައިވެއެވެ.


މި މުބާރަތް ބޭއްވިގެން ދަނީ އޭދަފުށީ ޓާރފް ދަޑުގައެވެ.


ކޮންމެ ދުވަހަކު ވެސް މެޗެއް ކުޅެން ހަމަޖެހިފައިވާއިރު ފެށުމުގެ ރަސްމިއްޔާތަށް ފަހު އެންމެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ބ. އަތޮޅުގެ އެންމެ ގަދަ 2 ޓީމް ކަމަށް ފާހަގަކޮށްލެވޭ ބ. އޭދަފުށްޓާއި ގޮއިދޫއެވެ.


މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދީފައި ވަނީ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. ޓުވަރިޒަމް މިނިސްޓަރުގެ އިތުރުން ފޯރ ސީޒަންގެ އިސްބޭފުޅުންނާއި އޭދަފުށީގެ ކައުންސިލްގެ ރައީސް ތޮލާލް ވެސް ބައިވެރިވެ ވަޑައިގަނެފައިވެއެވެ. ފޯރ ސީޒަންގެ އިސްބޭފުޅުންގެ ތެރޭގައި ރީޖަނަލް ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަރ އޮފް ފޯ ސީސަން އަލްމާންޑޯ ކްރައިންޒްލިންއާއި، ޑައިރެކްޓަރ އޮފް ރެވެނިއު ހަސަން ޒިޔާދްއާއި ޑައިރެކްޓަރ އޮފް ޕީޕަލް އެންޑް ކަލްޗަރ ރަޖާން ވިސްވަންތަންވެސް ބައިވެރިވެ ވަޑައި ގަނެފައިވެއެވެ.


ރަސްމިއްޔާތު ނިމި މުބާރާތުގެ ފުރަތަމަ މެޗް ނިމުމާއި އެކު ފެށުމުގެ ރަސްމިއްޔާގައި ބައިވެރިވި އިސް ބޭފުޅުންނަށް ވަނީ އޭދަފުށީ ޖޯޒީ އަރުވާފައެވެ. ކޮންމެ ބޭފުޅެއްގެވސް ނަން ޖޯޒީގެ ފަހަތުގައި ޖައްސަވާފައިވެއެވެ. އޭދަފުށީ ޓީމްގެ ޖޯޒީ ހަވާލްކޮށް ދީފައިވަނީ ބ. އޭދަފުށީގެ ކައުންސިލް ތޮލާލްއެވެ.


ދެން މިބާލާލަނީ އިއްޔަ ކުޅެވިގެން ދިޔަ މެޗުގެ ތަފްސީލަށެވެ.


މުބާރާތުގެ ފުރަތަމަ މެޗުގައި ގޮއިދޫއާއި އޭދަފުށި ބައްދަލު ކުރެވިގެން ދިޔައިރު މިމެޗު ވެގެން ދިޔައީ ވަރަށް ފޯރިގަދަ މެޗަކަށެވެ. ފުރަތަމަ ހާފުގައި ދާދިހަމަހަމަ ކުޅުމެއް ދެޓީމުންވެސް ކުޅެމުންދިޔަނަމަވެސް ގޯލުޖަހާނެ ފުރަތަމަ ފުރުޞަތު ހޯދީ އޭދަފުށިންނެވެ. ގޯލު އޭރިޔާގެ ބޭރުން ގޯލުކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން ހުރި ކުޅުންތެރިޔާއަށް ބޯޅައިގާ ޖައްސާލެވޭވަރުނުވެ، އެފުރުޞަތުގެ ބޭނުންހިފޭގޮތެއް ނުވިއެވެ. އޭގެ 2 މިނެޓުފަހުން ގޮއިދޫންވެސް ވަނީ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ލަނޑަކަށް ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ.


މިހިސާބުން ދެޓީމުންވެސް ކުޅެމުންދިޔައީ ލަނޑެއްޖަހާ ނަތީޖާބަދަލުކޮށްލުމަށެވެ.


ފުރަތަމަ ގޯލު ޖަހާ ފުރަތަމަ މުބާރާތުގެ ފުރަތަމަ ލަނޑު ޖެހީ 20 ވަނަ މިނެޓުގައި ގޮއިދޫގެ ޖާރޒީ ނަމްބަރ 11 ޝައްމޫން ޝަމީލްއެވެ.


މިލަޑާއިއެކު މުޅި މެޗުގެ ކުޅުން ބަދަލުވެގެން ދިޔައެވެ. ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު 2 ޓީމްވެސް އަމާޒު ހިފައިފައި ވަނީ ގޯލެއް ޖެހުމަށެވެ. ގޮއިދޫ ގޯލެއްޖެހުމުން އޭދަފުށީ ޓީމް ލޭ ކައްކުވާލި ފަދައެވެ. އެމީހުންގެ ކުޅުން އިހުނަށްވުރެ ވަރުގަދަކޮށް ގިނަ ކައުންޓަރ ތަކެއް އުފެއްދިއެވެ. މެޗުގެ ލީޑް މެޗުގެ ފެށޭކޮޅު ގޮއިދޫ ނެގި ނަމަވެސް އިތުރު ލަޑެއް ކާމިޔާބު ކުރުމަށް ގޮއިދޫއިން ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އޭދަފުށި ގޯލްކީޕަރ މާ ހުށިޔާރެވެ. ހުށިޔާރުކަމާއި އެކު ގޮއިދޫ އިން އުފައްދަމުން ދިޔަ ކައުންޓަރ އެޓޭކްތައް މަތަކުރަމުން ދިޔައެވެ. ނަތީޖާއަކަށް ވީ ފުރަތަމަ ހާފްގެ 43 ވަނަ މިނެޓުގައި އޭދަފުށީ ޓީމްގެ ޖާރޒީ ނަމްބަރ 7 ޢަލީ ނަސީމް ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.


ފުރަތަމަ ހާފު މިނަތީޖާގައި ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން މާގިނަ އިރެއް ނުވަނީސް 51 ވަނަ މިނެޓުގައި އޭދަފުށީ ޓީމްގެ ޖާރޒީ ނަމްބަރު 11 ޝާހީ މޫސާ ޖެހި ބޯޅަ ގޯޅަށް ވައްދާލިއެވެ. ނަތީޖާއަކަށްވީ މި ގޯލްގެ ސަބަބުން އޭދަފުށި މެޗްގެ ލީޑު ނެގުމެވެ. މި ގޯލަށް ފަހު އޭދަފުށީ ޓީމް މެޗުގެ ބާކީ އޮތް ވަގުތުގައި ބޮޑަށް ބަލައިފައި ވަނީ ޑިފެންސިވްކޮށް ކުޅޭށެވެ. 2 ވަނަ ހާފް ނިމި ކަށިގަނޑު ފުމެލިއިރުވެސް ނަތީޖާ އޮތީ 2-1 ގެ ގޮތުގައެވެ. ނަތީޖާ ބަދަލެއް ނުވެއެވެ. އޭދަފުށީ ޓީމްގެ ޝާހީ ގެ ލަޑާއި އެކު އޭދަފުށި، ގޮއިދޫއާއި އެކު ކުޅެވުނު މެޗުން މޮޅުވީއެވެ. 2-1 ގެ ނަތީޖާއަކުން ގޮއިދޫ ބަލިވި ނަމަވެސް މެޗްގެ އެންމެ ފަހު ސިކުންތާ ހަމަޔަށް ވެސް ގޮއިދޫ ހިތްވަރު އެލުވައެއް ނުލައެވެ.


މުބާރާތުގެ ފެށުން ދިޔައީ ވަރަށް ވެސް ފޯރި ގަދަ ކޮށެވެ. މުބާރާތުގެ ފުރަތަމަ މެޗް ގައި ބ. އޭދަފުށި އާއި ބ.ގޮއިދޫ ބައްދަލު ކުރި މެޗުގައި 2-1 ގެ ނަތީޖާއަކުން އޭދަފުށި ވަނީ ފަހަތުން އަރާ ކުރި ހޯދާފައެވެ. އޭދަފުށި މެޗް އިން މޮޅުވިއިރު މިއީ ގޮއިދޫއާއި ދެކޮޅަށް ބޮޑު މުބާރާތެއްގައި ކުޅެވުނު ފުރަތަމަ މެޗުން އޭދަފުށި މޮޅުވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ފަހުގެ ތާރީޙެއްގައި ބޭއްވުނު އަންޑާ 21 މުބާރާތުގައި އޭދަފުށި  ގޮއިދޫއާއި އެކު ވާދަ ކޮށް  2-1 ގެ ނަތީޖާއަކުން ކުރިހޯދާފައި ވާކަންވެސް މި ފުރުސަތުގައި ހާމަ ކޮށްލަމެވެ.


މެޗް ނިމި މެޗްގެ މެއިން އޮފް ދި މެޗްގެ މަޤާމު ހޯދީވެސް ޝާހީއެވެ. މި އެވާރޑް ހަވާލްކޮށްދީފައި ވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.


ތޮލާލް އެމްވީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބ.އޭދަފުށީ ދަނޑޫގައި އޭދަފުށީ ޓީމް ތަމްސީލުކޮށް މެޗުން މޮޅުވުމުން އުފާ ކުރާ ކަމަށެވެ. އަދި ހަމަ އެޔާއެކު މިފަހަރު އޭދަފުށީ ޓީމްގެ ކުޅުންތެރިންގެ ތެރޭގައި ގިނަ ވާނީ ޒުވާން ކުޅުންތެރިން ކަމުގައިވެސް ތޮލާލް ފާހަގަ ކުރައްވާފައިވެއެވެ. އަދި މުބާރާތުގެ އެންމެ ފުރަތަމަ އަދި އެންމެ އުނދަގޫ މެޗުން އޭދަފުށީ މޮޅުވުމުން އެކަމުގެ ތަހުނިޔާ އޭދަފުށީ ޓީމަށާއި އޭދަފުށީ ރައްޔިތުންނަށް އަރުވާކަށް އޭނާ ބުނެފައިވެއެވެ.


މި މުބާރާތުގެ ދެން ހުރި މެޗްތައްވެސް ކުރިޔަށް ދާނެއެވެ. މިގޮތުން ކޮންމެ ދުވަހަކު ކޮންމެސް 2 ޓީމެއް ބައްދަލު ކުރާއިރު މިއަދު ކުޅެން ހަމަޖެހިފައިވާ 2 ޓީމަކީ ހިތާދޫ އާއި ތުޅާދޫއެވެ. މެޗު ފަށާނީ 16:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ނަން

ގުޑް

1 year ago