އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރިޝްވަތު ދިނުމަކީ ސައުދީ އަރަބިއްޔާއިން އާންމުކޮށް ކުރާކަމެއް

2 years ago

އިބްރާހިމް ނާޒިމް

ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށާއި ތަފާތު އެކިއެކި މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް ރިޝްވަތު ދިނުމަކީ ސުޢޫދީ ޢަރަބިއްޔާގެ ރަސްރަސްކަލުންނާއި، ރަސްދަރިކަލުންނާއި، އަމީރުން އާންމުކޮށް ކުރަމުން އަންނަ ކަމަކަށް ވަނީ ވެފަ އެވެ. ސުޢޫދީ އަރަބިއްޔާގެ އެންމެ އެކުވެރި އަދި އެ ޤައުމު ހިމާޔަތްކޮށްދޭ ބާރު ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އިން ބޭނުންވާ މަޤުޞަދުތައް ހާސިލުކޮށްދިނުމަށް ސުޢޫދީ ޢަރަބިއްޔާއިން ރިޝްވަތު ދިނުމަކީ ވަރަށް ކުރީއްސުރެ ފެށިގެން ހިނގަމުން އަންނަ ކަމެކެވެ. މިހެންކަމާއެކު ދާދި ފަހަކުން ދުނިޔޭގެ މީޑިޔާތަކަށް ފެންމަތިވި ހާދިސާއަކަށް މިތަނުގައި ބަލައިލާލަނަމެވެ.


ސުޢޫދީ އަރަބިއްޔާއިން މިދިޔަ އޭޕްރިލް މަހު ހިންގަން އުޅުނު ރިޝްވަތުގެ ނުބައި އަމަލަކީ ފަލަސްޠީނު ޔަހޫދީންނަށް އެއްކޮށް ހިބަކޮށްދޭން ރައީސް މަޙުމޫދު ޢައްބާސް އެއްބަސްކުރުވަން ޖަހަން އުޅުނު ދަންތުރައެކެވެ. އެމެރިކާއިން ހުށަހަޅާގޮތަށް އިސްރާއީލާ ޞުލްޙަވެއްޖެނަމަ ފަލަސްޠީނުގެ ވަގުތީ ރައީސް މަޙުމޫދު ޢައްބާސްއަށާއި އޭނާގެ އަރިސް ބޭފުޅުންނަށް 10 ބިލިޔަން އެމެރިކާ ޑޮލަރު ދޭން ސުޢޫދީ ވަލީ ޢަހުދު މުޙަންމަދު ބިން ސަލްމާން ހުށަހެޅީ އެވެ.


"މުޅި ޤަރުނުގެ ބޮޑު އެއްބަސްވުމުގެ" ނަމުގައި މި ނުބައިވެގެންވާ މުއާމަރާ ހިންގަން މުޙަންމަދު ބިން ސަލްމާން ވަނީ ރައީސް މަޙުމޫދު ޢައްބާސްއާއި ބައްދަލުކުރައްވާފަ އެވެ. މިކަން ވަނީ ލުބްނާންގައި ނެރޭ "އަލްއަޚްބާރު" ނޫހުން ވެސް ކަށަވަރުކޮށްދީފަ އެވެ. ސައުދީގެ މުޙަންމަދު ބިން ސަލްމާން އޭނާގެ ހުށަހެޅުން ނިންމަވާލެއްވުމަށް ފަހު ރައީސް ޢައްބާސްގެ އަރިހުން އެދިވަޑައިގަތީ އެނާ ހުށަހެޅުއްވި ގޮތަށް އެކަން ބަލައިގަތުމަށެވެ. ރައީސް މަޙުމޫދު ޢައްބާސްކުރެން މުޙަންމަދު ބިން ސަލްމާން އެއްސެވިކަމަށް ވަނީ ޢައްބާސްގެ އަރިސް ބޭފުޅުންގެ އަހަރީ ބަޖެޓަކީ ކިހާވަރެއް ކަމަށްތޯ އެވެ. އޭގެ ޖަވާބުގައި ޢައްބާސް ވިދާޅުވިކަމަށް ވަނީ އަރިސް ބޭފުޅުންތަކެއް ކާރިޔަށް ލައިގެން އުޅެން އޭނާއަކީ ރަސްދަރިކަލެއް ނޫންކަމަށެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން މުޙަންމަދު ބިން ސަލްމާން ދެން ވިދާޅުވިކަމަށް ވަނީ އެމެރިކާއިން ހުށަހަޅާ ޞުލްޙައިގެ ޕްލޭން ޢައްބާސް ޤަބޫލުކުރައްވައިފި ނަމަ ދިހަ އަހަރު ދުވަހުގެ ތެރޭގައި 10 ބިލިޔަން އެމެރިކާ ޑޮލަރު ދޭނެކަމަށެވެ. އަދި ފަލަސްޠީނުގެ ސަރުކާރު ހިންގާ ވެރިރަށެއްކަމުގައި ޤުދުސްގެ ބަދަލުގައި އަބޫދައިސް ހަމަޖެއްސުމަށް ވެސް މުޙަންމަދު ބިން ސަލްމާން އެދިވަޑައިގަތެވެ.


ނަމަވެސް ރައީސް ޢައްބާސް ވަނީ މުޙަންމަދު ބިން ސަލްމާންގެ މި ހުށަހެޅުން ބަލައިނުގެން ރައްދުކުރައްވާފަ އެވެ. މިހުށަހެޅުމުގެ ޖަވާބުގައި ރައީސް ޢައްބާސް ވިދާޅުވިކަމަށް ވަނީ އެފަދަ ގޮތަކަށް އޭނާ އެއްބަސްވެ ވަޑައިގެންފިނަމަ އޭނާގެ ސިޔާސީ ޙަޔާތް ނިމުމަކަށް އަންނާނެ ކަމަށެވެ. މިކަމާ ގުޅިގެން ރައީސް ޢައްބާސް އާއި ފަލަސްޠީނުގެ އޮފިޝަލުން އިތުރު މަޢުލޫމާތު ނުދިންކަމުގައި ވިޔަސް ސާފުވާ އެތައްކަމެއް އެބަ ހުއްޓެވެ. ސައުދީ އިން އެބުނާގޮތަށް ރައީސް ޢައްބާސް އެއްބަސްވެ ވަޑައިގެންފިނަމަ އިސްރާޢީލުން ޤާއިމްކޮށްފައިވާ ޣައިރު ޤާނޫނީ ޔަހޫދީ އާބާދީތަކާމެދު އިންސާފުން އެއްވެސް ގޮތެއް ނުނިންމޭނެ އެވެ. ފަލަސްޠީނުގެ ބިމުގައި ދެ ދައުލަތް އުފެއްދިކަމުގައި ވިޔަސް ޤުދުސްގެ މައްސަލަ ހައްލުނުވެ ދެމިގެންދާ މައްސަލައެއްގެ ގޮތުގައި އޮންނާނެ އެވެ.


އެމެރިކާއިން ސީރިޔަސް ގޮތެއްގައި މައްސަލަ ހައްލުކޮށްދިނުމަށް އެއްވެސް ލިޔުމެއް ނުވަތަ ޕްރޮޕޯސަލެއް ހުށަހަޅާފައެއް ނުވެ އެވެ. މިކަން ވަނީ ރައީސް ޢައްބާސް ވެސް ކަށަވަރުކޮށްދެއްވާފަ އެވެ. ސައުދީ އިން ހުށަހެޅިގޮތަށް ފަލަސްޠީނުން އެއްބަސްވެއްޖެކަމުގައި ވާނަމަ ފަލަސްޠީނު ސަރުކާރުގެ މުވައްސަސާތަކުގެ ބާރު އެއްކޮށް ކެނޑިގެންދާނެ އެވެ. މިހެންކަމުން އިސްރާޢީލުން ހިފާފައިވާ ބިންތަކުގެ އެންމެހާކަމެއްގެ ފުރިހަމަ ކޮންޓްރޯލް ޔަހޫދީ ދައުލަތަށް ލިބިގެންދާނެ އެވެ.


މި ހިނގަމުންދާ ރަމަޟާން މަސް ނިމުމުން އެމެރިކާގެ ރައީސްގެ މުޝީރު ޖަރެޑް ކުޝްނާ އެމެރިކާއިން މެދުއިރުމައްޗަށް ޞުލްޙަ ގެންނަން ބޭނުންވާ ޕްލޭން ހުށަހަޅުއްވާނެކަމަށް ބުނެފައި ވެއެވެ. ކުޝްނާ ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން ހުށަހަޅާ ޑީލްގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެމެރިކާއިން ބޭނުންވާ ގޮތް މެދުއިރުމަތީގައި ހިންގަން މަޖުބޫރުކުރުމެއް ނޫނެވެ. ކުޝްނާ މިހެން ވިދާޅުވިކަމުގައި ވިޔަސް މަޝްރަޙު ފެންނަނީ އެ ވިދާޅުވާ ގޮތަކަށް ނޫނެވެ. ސުޢޫދީ ޢަރަބިއްޔާ މެދުވެރިކޮށް ރިޝްވަތުދީގެން ނަމަވެސް އެމެރިކާ ބޭނުންވާ ގޮތް ހިންގަން އުޅޭކަން ދޭހަވާ ކިތަންމެ ކަމެއް ފެންނަން އެބަ ހުއްޓެވެ. މީގެ ތެރެއިން އެއްކަމަކީ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާ މާކުރިން ހަމަޖައްސާފައި ވާތީ އެވެ.

__________________________________________________________________

ފޮޓޯ: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސުޢޫދީ ޢަރަބިއްޔާގެ ވަލީ އަޙުދު މުޙަންމަދު ބިން ސަލްމާން ކޮންމެވެސް ކަމަކާމެދު ސައްލާކޮށް ގޮތެއް ނިންމަނީ

ކިޔުންތެރިންގެ ހިޔާލު