އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ސިޔާސީ ޕާޓީތަކަށް ފައިސާދޭން އީސީ އިން ނިންމައިފި

1 year ago

އިބްރާހިމް ނާޒިމް

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޭން ހަމަޖެހިފައިވާ ހަތަރު ސިޔާސީ ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީގައި ދަންނަވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.


ދައުލަތުން ފައިސާދޭން ހަމަޖެހިފައިވާ ހަތަރު ސިޔާސީ ޕާޓީއަށް މި އަހަރު 26.2 މިލިއަން ރުފިޔާ ދޫކުރާނެކަމަށް ވަނީ އެނގިފަ އެވެ. ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައިގެން އެ ފައިސާ ދޭއިރު މި އަހަރު އެންމެ ގިނަ ފައިސާ ލިބޭނީ ވެރިކަން ކުރާ ކޯލިޝަންގެ އިސް ޕާޓީ އެމްޑީޕީއަށެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު މިހާރު 50،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އެމްޑީޕީގެ އިތުރުން ފައިސާ ދޭން އީސީ އިން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީއަށާއި އެމްޑީއޭ އަށެވެ. މެންބަރުންގެ އަދަދު 10،000އަށް ވުރެ ގިނަ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ވަނީ ހަމަޖެހިފަ އެވެ.


ޕީޕީއެމަށް ފައިސާ ދިނުން މަޑުޖައްސާލީ އެ ޕާޓީގެ އަހަރީ ރިޕޯޓު އަލުން އިސްލާހުކޮށް ހުށަހަޅަން އަންގާފައިވާތީ ކަމަށް އީސީގެ މެމްބަރު އަހުމަދު އަކްރަމް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ޕީޕީއެމުން ރިޕޯޓު ނިންމިހާ އަވަހަކަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީގައި ދަންނަވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.


އިލެކްޝަންސް ކޮމިޝަނުގައި ރެޖިސްޓްރީކުރެވިފައިވާ ޕާޓީތަކުގެ އަދަދު މިހާރު ނުވައަކަށް އަރައެވެ. ނަމަވެސް ދައުލަތުން ފައިސާދެނީ 10،000 އަށް ވުރެ މަތީ އަދަދަކަށް މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު