އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ބަސް އެކްސިޑެންޓުގައި މަރުވި މީހާގެ ހަށިގަނޑު ޔޫކްރެއިންއަށް ފޮނުވާލަނީ

1 year ago

އިބްރާހިމް ނާޒިމް

މުލަރޯދަދުވަހު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޑްގައި މަރުވި ޔުކްރެއިންގެ ފަތުރުވެރިޔާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.


މިދިޔަ މޭ މަހުގެ 6ވަނަ ދުވަހު ހެނދުނު ހިނގާދިޔަ އެކްސިޑެންޓުގައި މަރުވެފައި ވަނީ އުމުރުން 31 އަހަރުގެ ޔޫކްރެއިންގެ އަންހެން ފަތުރުވެރިއެކެވެ. އެ އަންހެން މީހާގެ ހަށިގަނޑު ޔުކްރެއިނަށް ގެންދަން އޭނާގެ އާއިލާ މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. އޭނާގެ ހަށިގަނޑު ޔޫކްރެއިން އަށް ގެންދެވެންދެން ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގަ އެވެ. އޭނާ މަރުވީ ހެނދުނު ކަސްރަތަށް ހިނގާލަން ނުކުމެ އުޅެނިކޮންނެވެ.


އެމްޓީސީސީގެ ބަސް އެކްސިޑެންޓްވި ހާދިސާ ހިނގާފައި ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިފައި އިނދެ ކުއްލިޔަކަށް ސިއްސައިގެން ގޮސް ހޭލެވުނު ވަގުތު ދުވެލި ބާރުކޮށްލެވުމުން ބަސް ކޮންޓްރޯލުނުވެގެން ގޮސް އަންހެން މީހާގެ ގައިގައިޖެހިގެންނެވެ. މި އެކްސިޑެންޓްގެ މައްސަލާގައި ބަސް ދުއްވަން އިން ޑްރައިވަރު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް 7 ދުވަސް ޖަހާފަ އެވެ.


މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު އޭނާގެ އުފަން ޤައުމަށް ފޮނުވާދިނުމުގެ ޚަރަދާއި އޭނާގެ އާއިލާ މީހުން ރާއްޖޭގައި ތިބުމުގެ ޚަރަދުތައް ހަމަޖައްސާދީފައި ވަނީ އެމްޓީސީސީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު