އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އިންސާނީ ވަގުފާރިކުރާ ބައެއްގެ ކިބައިން ރޮހިންގްޔާ އަންހެން ކުދިންތަކެއް ސަލާމަތްކޮށްފި

1 year ago

އިބްރާހިމް ނާޒިމް

ބަންގުލަދޭޝްގައި ހިޔުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ހިންގާ ބައެއްގެ ކިބައިން 23 ރޮހިންގާ އަންހެން ކުދިން ސަލާމަތްކޮށްފި އެވެ. އެނގިފައިވާ ގޮތުގައި 15 އަހަރާއި 19 އަހަރާއި ދެމެދުގެ އެ އަންހެން ކުދިންތައް ރެފިއުޖީ ކޭމްޕްތަކުން ނެރެގެން ގެންގޮސް ލާފައި ތިބީ ވެރިރަށް ޑާކާގައި ހުންނަ ގެއެއްގެ ކޮޓަރިއެއްގެ ތެރެއަށެވެ. އެކަން ކުރި މީހުންގެ މަޤްޞަދަކަށް ވެފައި އޮތީ އެ ކުދީންނަށް ވަގު ޕާސްޕޯޓް ހައްދައިގެން ވައިގެ މަގުން މެލޭޝިޔާއަށް ފޮނުވާލުމެވެ.


އިންސާނުންގެ ވަގުފާރި ހިންގުމުގެ ކުށުގައި ޑާކާގެ ފުލުހުން މިހާރު ވަނީ 4 މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ރޮހިންގްޔާ ނަސްލުގެ ދެމަފިރިއަކު ވެސް ހިމެނެ އެވެ. އެމީހުންގެ ގެދޮރު ބަލާ ފާސްކުރެވުނު އިރު ބަންގުލަދޭޝްގެ ފަންސާހަކަށް ވަގު ޕާސްޕޯޓް ފެނިފައި ވެއެވެ.


ފުލުހުންގެ ސްޕޯކްސްމަން މުޚްލަސުރު ރަޙުމާން ބުނާގޮތުން ޑާކާގެ އުތުރުގެ ސަރަހައްދުގައި އަންހެން ކުދިންތައް ސިއްރުން ގެންގުޅުނު ގޭގެ ކޮޓަރި ހުރީ ހެދުން ފަހާދޭ ފިހާރައެއްގެ ބިއްދޮށުގަ އެވެ. އެތަނުގައި ފިލައިގެން އުޅުމަށް އެކުދިންނަށް އެގޭ ދެމަފިރިން ވަނީ އަންގާފަ އެވެ. މެލޭޝިޔާއަށް ދެވުމުން ރަނގަޅު ވަޒީފާ ލިބޭނެކަމަށް އެކުދިން ގާތު އެމީހުން ބުނެފައި ވެއެވެ. އެކުދިން ގެނެސްފައި ވަނީ ބަންގްލަދޭޝްގެ ދެކުނުގައި ރޮހިންގްޔާ މީހުން ދިރިއުޅޭ ކޮކްސް ބާޒާރު ޓައުންގެ ރެފިއުޖީ ކޭމްޕްތަކުންނެވެ.


ފަހުން އެނގުނު ގޮތުގައި ފުރާވަރު އުމުރުގެ އެ އަންހެން ކުދިންނަށް ވަނީ ދޮގު މައުލޫމާތުދީ އޮޅުވާލައިގެން ޑާކާއަށް ގެނެސްފަ އެވެ. އެކުދިން ގެނައި މީހުން ހައްޔަރުކޮށް ސުވާލުކުރުމުން އެނގިފައި ވަނީ އެކުދިން ގެންދަން އުޅުނީ މެލޭޝިޔާގެ ނާސިގެތަކުގައި ހަށިވިއްކުމުގެ ވިޔަފާރިކުރަން ކަމެވެ.

ކިޔުންތެރިންގެ ހިޔާލު