އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ޓެކްސީގައި ހަރުކުރާ މީޓަރުތަކުން ނަގާނެ އަގުތައް ކަނޑައަޅައިފި

1 year ago

އިބްރާހިމް ނާޒިމް

ޓެކްސީތަކުގައި ހަރުކުރަން ހަމަޖެހިފައިވާ މީޓަރުތަކުން ނަގާނެ އަގުތައް ކަނޑައަޅާ ނިމިފައިވާ ކަމަށާއި ފިތުރު އީދުގެ ފަހުން އެ އަގުތައް އިއުލާނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެއްޖެ އެވެ.


ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މީޓަރު ހަރުކުރުމަށްފަހު ފައިސާ ނަގަމުންދާނީ ދަތުރުގެ ދިގުމިނަށް ބަލައިގެން ކަމަށާއި އެކަމަކު ދިގުމިނަށް އަރާ ފައިސާގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. މީޓަރުން ވެސް ފީއެއް ނަގާއިރު ނަގާނެ ފީގެ މިންވަރު ވެސް މިހާރު ހަމަޖެހި ނިންމާފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.


ޓެކްސީ މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަންގައި ހުންނަންޖެހޭ ބައިތަކާއި މިންގަނޑުތައް އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.


ދަތުރުތަކަށް ކަނޑައަޅާ އަގު އާންމު ރައްޔިތުންނަށާއި ޑްރައިވަރުންނަށް ވެސް ބޮޑު ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. އެއްމަސްދުވަސް ތެރޭގައި މީޓަރު ޓެކްސީ ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށް އެފަހަރު މިނިސްޓްރީ އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު