އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކުޑަކުދިން ބާރުވެރިކުރުވޭނީ މުޖްތަމައުގެ އެއްބާރުލުން ލިބިގެން: ޝިދާތާ

1 year ago

އިބްރާހިމް ނާޒިމް

ކުޑަކުދިން ބާރުވެރިކުރުވޭނީ މުޅި މުޖްތަމައިން މުހިންމު ރޯލެއް އަދާކޮށްގެން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.


އިއްޔެ ފާހަގަކުރެވުނު ކުޑަކުދިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ޝިދާތާ ދެއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ޝިއާރަކީ "ކުޑަކުދިން ބާރުވެރިކުރުން" ކަމަށާއި، އެ ޝިޔާރާ އެއްގޮތަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިފަދަ މަސައްކަތެއް ކުރިޔަށް ގެންދެވޭނީ މުޅި މުޖްތަމައުއާއި ސަރުކާރު ވެސް ގުޅިގެންކަމަށް ޝިދާތާ ވިދާޅުވި އެވެ.

 

ޖެންޑަރ މިނިސްޓްރީން ކުޑަކުދިން ބާރުވެރިކުރަން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލާއިރު އެ ކުދިންގެ ހިޔާލު ހޯދަމުން އަންނަ ކަމަށެވެ. މިހެންކަމާއެކު ކުޑަ ކުދިންނަށް ވެވޭ އިހުމާލާއި އަނިޔާގެ އަމަލުތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.


ކުޑަކުދިންގެ ހައްގުތައް ދަމަހައްޓަން ރައީސް ޞޯލިޙުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ލޯބި ލިބޭނެގޮތް ފަސޭހައިން ހެދުމަށް އުސޫލުތަކަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު