އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މަކާރާ ހީލަތުން ފައިސާ ހޯދާތީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

5 days ago

އިބްރާހިމް ޢަލީ

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގއ. އަތޮޅުގެ ތިން ރަށެއްގައި ވިޔަފާރިވެރިންނާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެމްބަރ 13 ވަނަ ދުވަހު ގއ.ކޮލަމާފުށި ޕޮލިސް ސްޓޭޝަނާއި ގއ.ދާންދޫ ޕޮލިސް ސްޓޭޝަން އަދި ގއ. ނިލަންދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެތިން ރަށުގައި ހުރި ފިހާރަތަކަށާއި ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ފިހާރަ ތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިއްމުކަމާއި، ވިޔަފާރި ބަންދުކޮށްފައި ދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަގަޅަށް ތަޅުލެވިފަ ހުރިތޯ ބެލުމަށާއި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން ވިޔަފާރި ކުރާތަންތަނަށް ޒިޔާރަތްކޮށް ސައްހަނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަންކަމަށް ސަމާލުކަންދިނުމަށާއި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރާތަކެތި ނުވިއްކުމަށާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު