އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރައީސުލްޖުމްހޫރިއްޔާ، ރ އަތޮޅުގެ އެކިރަށްރަށުގެ ޞިއްޙީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި އަތޮޅުގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ކުރަންހުރި ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވައިފި

1 week ago

އިބްރާހިމް ޢަލީ

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ރ އަތޮޅުގެ އެކިރަށްރަށުގެ ޞިއްޙީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި އަތޮޅުގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ހުރި ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.


ޞިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމާއި އިންސާނީ ވަޞީލަތުގެ ދަތިކަމާއި، ބައެއް އިމާރާތްތައް މަރާމާތަށް ބޭނުންވެފައިވާކަމަށާއި އިކުއިޕްމަންޓްގެ ދަތިކަމާއި އިތުރު އެންބިއުލަންސް ބޭނުންވާކަމާއި އަދި ސަރުކާރުގެ ބައެއް އިދާރާތަކުން ބޭނުންވާ އެއްބާރުލުން ނުލިބުންފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން މި ބައްދަލުކުރުމުގައި ބައިވެރިވި ވަކިވަކި ބޭފުޅުން ވަނީ އެބޭފުޅުން ހަވާލުވެލައްވައިފައިވާ ޞިއްޙީ މަރުކަޒުތަކުގައި ހުރި ގޮންޖެހުންތަކާއި އެތަންތަން ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ފާޙަގަކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކިއެކި ރީޖަންތަކުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގެ ބައިވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ލާމަރުކަޒީގޮތެއްގައި އެތަންތަނުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެންބިއުލަންސްގެ ދަތިކަން ޙައްލުކުރުމަށާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން ރ އަތޮޅު ޞިއްޙީ ދާއިރާގެ އިސްފަރާތްތަކުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ރަސްގެތީމަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު