އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ތ. އަތޮޅު މަދަރުސާގެ ބެލެނިވެރިން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގައިފި

1 week ago

އިބްރާހިމް ޢަލީ

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު މަދަރުސާގެ ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން ޒިންމާދާރު ބެލެނިވެރިޔާގެ ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 7 ވަނަދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕޮރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ކުދިންނާ ރަނގަޅަށް މުއާމަލާތު ކުރުމަށާއި ކުދިންނަށް ދޭންވާ ސަމލުކަންދީ ކުދިންގެ ކަންކަން ބެލެހެއްޓުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުދިންނާއެކު ވަގުތު ހޭދަ ކުރުމުގެ މުހިއްމު ކަމާއި އެ ކުދިންނާ އެކު އުޅޭ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްތޯ ބަލައި، ކުށުގެ ވެށިން ކުދިން ދުރުކޮށް، ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ކެތްތެރިކަމާއެކު ހިތްތިރިކަން އިސްކުރުމާއި، އެކި ކުދިންނަކީ ހެދި ބޮޑުވުމުގައި ވިސްނުމާއި ފިކުރު ތަފާތު ކުދިބަޔަކަށްވާތީ އެކަމަށް ސަމާލުކަންދީ ކުދިންނަށް ރަނގަޅު މަގުދައްކައިދޭ ބަޔަކަށް ބެލެނިވެރިންވުމުގެ މުހިއްމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު