އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ދާންދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދީފި

1 week ago

އިބްރާހިމް ޢަލީ

ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ދާންދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، ފައިސާ ގެންގުޅުމުގައި ސާމާލުކަންދޭންވީ ކަންކަމުގެ އިތުރުން ވަގު ފައިސާއާއި ޗެކް ދެނެގަންނާނެ ގޮތްތަކާއި، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރަވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން ވިޔަފާރި ބަންދުކުރުމަށް ފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީންކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު، ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި، ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރަ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދިނުމުގެ އިތުރުން އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ކަމެއް ފާހަގަކުރެއްވިޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓްކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަދި މައުލޫމާތު ހިމެނޭ ކަރުދާސް ވިޔަފާރިވެރިންނަށް ދިނުމުގެ އިތުުރުން ދާންދޫ ވިޔަފާރަވެރިން ހޭލުންތެރިކޮށް، ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަވަހަށް މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ވައިބަރ ގްރޫޕެއް އެކުލަވާލުމުގެ މަސައްކަތްވެސް ފެށިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު