އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފިޔޯރީ ސްކޫލުގެ ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފި

1 month ago

އިބްރާހިމް ޢަލީ

ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ފިޔޯރީ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި އިންޓަނެޓު މެދުވެރިކޮށް ކުރާ ކުށްތަކާއި ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އުމުރާ ގުޅިގެން ކުދިންނަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި، ދަރިންގެ އިހުސާސްތައް ދެނެގަންނާނެ ގޮތްތަކާއި މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތަކުން ދަރިން ދުރުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންގެ މެދުގައި ތަފާތު ކުރުމެއްނެތި ބެލެނިވެރިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާއި އެފަދަ ކަންކަމުން ކުދިން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެކިކަހަލަ އަނިޔާތަކުގެ ނުރައްކާތެރިކަމާއި އެފަދަ ކަންކަން ދިމާވެއްޖެނަމަ ދަރިންނަށް ލިބިދާނެ ގެއްލުންތަކާއި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ބެލެނިވެރިންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި ނޭނގި ނަމަވެސް ކުދިންނަށް ވެވޭ އިހުމާލުތަކަކީ ކޮބާއިކަމާއި ދަރިންނާމެދު އިހުމާލު ވެއްޖެނަމަ ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. އަދި މިހާރަށްވުރެ ބޮޑަށް، ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންގެ ބޭނުންތައް އޮޅުން ފިލުވުމަށް އިސްކަން ދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބައިކަމާއި، ދަރިންނާއި ބެލެނިވެރިންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މުޖުތަމައުގައި ހިނގަމުންދާ ނޭދެވޭ އަމަލުތަކުން ދަރިން ދުރުކުރުމަށް މަސައްކަތްކުރުމާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ހިމެނޭ އެހެނިހެން މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ގދ. އަތޮޅުގެ ފެމެލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުގެ ކޭސް ވޯކަރ އާއި ފިޔޯރީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްެރޮގްރާމްގައި ފިޔޯރީ ސްކޫލުގެ މުދައްރިސުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު