އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އައްޑޫ ސިޓީ ހިތަދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

2 weeks ago

އިބްރާހިމް ޢަލީ

ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ހިތަދޫ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ފަރާތުން މި ސެޕްޓެމްބަރު މަހުގެ 2 ން 4 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، ފައިސާ ގެންގުޅުމުގައި ސާމާލުކަންދޭންވީ ކަންކަމުގެ އިތުރުން ވަގު ފައިސާއާއި ޗެކް ދެނެގަންނާނެ ގޮތްތަކާއި، މަކަރާ ހީލަތުގެ ބައެއް މައުލޫމާތުތައް ހިއްސާކޮށް، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރިވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެއިތުރުން، ވިޔަފާރި ބަންދުކުރުމަށް ފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީންކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި، ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރަ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، އެމެޖެންސީ ހާލަތެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅޭނެ ނަންބަރު ހިއްސާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު