އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މަކަރާއި ހީލަތުގެ މައްސަލަތައް މަދުކުރުމަށް ށ. އަތޮޅުގެ ތިން ރަށެއްގައި ޕްރޮގްރާމެއް ހިންގައިފި

3 months ago

އިބްރާހިމް ޢަލީ

ކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީވެ ވިޔަވާރިވެރިންނާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ށ. އަތޮޅުގެ ތިން ރަށެއްގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ފާއިތުވި ހަފްތާގައި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ކަނޑިތީމު ޕޮލިސް ސްޓޭޝަން އަދި ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޕްރޮގްރާމުގައި އެރަށްތަކުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ޕްރޮމޯޝަންތަކުގެ ނަމުގައި އިނާމުތައް ލިބޭކަމަށް ބުނެ ވަކި ވަގުތެއްގެ ތެރޭގައި ފައިސާ ޖަމާކުރަން ބުނުމާއި، ރީލޯޑް ރާސްޓަސް ކުރުމަށް ގުޅާ ފޯނު ކޯލުތަކާ ގުޅޭ މައުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މަކަރާއި ހީލަތުން އޮޅުވާލައިގެން އޮންލައިން ވިޔަފާރި ކުރާކަމަށް ދައްކައި ރައްޔިތުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލަމުން ދާކަމަށާއި، ބޭންކުގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މައުލޫމާތާއި ބޭންކު އެކައުންޓްގެ މައުލޫމާތު ހޯދައިގެން ހިންގާ ކުށްތަކުން ސަލާމަތް ވާނެ ގޮތްތަކާއި އޮޅުވާލައިގެން ގުޅާ ކޯލްތަކާމެދު އަމަލު ކުރާނެ ގޮތްތައް ބުނެދީ ރައްޔިތުން ހޭލުންތެރި ކުރުވާފައިވެއެވެ.

އޭގެއިތުރުން ވިޔަފާރި ކުރާތަންތަނުން ގިނަ އަދަދަކަށް ރީލޯޑް ރާސްޓަސް ކުރާކަމަށް ފާހަގަ ވެއްޖެނަމަ ސުވާލުކޮށް އެކަން ހުއްޓުވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ މީހުން ބޭނުންކުރާ އުކުޅުތައް ކިޔައިދީ އެކަންކަމުގެ ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހޭލުންތެރި ކުރުވާފައިވެއެވެ.

މި ޕްރޮގްރާމުގައި ފުލުހުން ޒިޔާރަތްކުރި ގޭބިސީތަކަށް، މަކަރާއި ހީލަތުން އާންމުކޮށް ހިންގާ ކުށްތަކާއި އެކުށްތަކުނުް ސަލާމަތްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ލިޔުންތައް ވެސް ބަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު