އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން އިސްރާއީލުގެ މިސައިލްތައް ހުއްޓުވައިފި

1 year ago

އިބްރާހިމް ނާޒިމް

އިސްރާއީލުގެ މަތިންދާބޯޓުތަކުން ސީރިޔާގެ ހަމާ ޕްރޮވިންސާއި ގާތުގައިވާ ހިސާބުތަކަށް މިސައިލް ހަމަލާތަކެއް ދޭން މަސައްކަތްކޮށްފި އެވެ. ސީރިޔާގެ ޤައުމީ ޓީވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ފޮނުވާލި މިސައިލްތައް ސީރިޔާގެ ވައިގެ ދިފައީ ބާރުތަކުން ވަނީ ވައްޓާލާފަ އެވެ.


ސަންއާ ނިޔުސް އެޖެންސީ އާއި ސީރިޔާގެ ޓީވީއިން ބުނާގޮތުން އިސްރާއީލުގެ މަތިންދާބޯޓުތަކުން ވަނީ މަސްޔަފް ނަމަކަށް ކިޔުނު ސިޓީގައިވާ ސީރިޔާ ސިފައިންގެ އަމާޒުތަކަށް ވެސް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. ސަންއާގެ ރިޕޯޓްތަކުގައި ވާގޮތުން އިސްރާއީލުން ފޮނުވާލި ގިނަ މިސައިލްތައް އޭގެ އަމާޒުތަކަށް ވާސިލުވުމުގެ ކުރިން ވަނީ ވައްޓާލާފަ އެވެ. ނަމަވެސް ބައެއް އިމާރާތްތަކަށް ގެއްލުންވެ ތިން މީހުން ޒަޚަމްވިކަމަށް ވަނީ ބުނެފަ އެވެ.


މިފަހަކަށް އައިސް ޔަހޫދީ އިސްރާއީލުން ދަނީ ދޭތެރެދޭތެރެއިން ސީރިޔާގެ ތަންތަނަށް ހަމަލާދެމުންނެވެ. އިސްރާއީލުން އެގޮތަށް އަމަލުކުރަން ފަށާފައި ވަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރަމުން ދިޔަ ތަކްފީރީ ޓެރަރިސްޓް ޖަމާއަތްތައް ހަނގުރާމައިގައި ބަލިވާން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު