އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ޙިޒްބުﷲ އިން އޮތީ އީރާނު ދިފާއުކުރަން ތައްޔާރަށް: ރިޕޯޓް

1 year ago

އިބްރާހިމް ނާޒިމް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު އެމެރިކާއަށް ބާރުއަޅަމުން ދަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ކަމަށް މެދުއިރުމަތީގެ މަސްރަޙު ދިރާސާކޮށް ނެރުނު ރިޕޯޓަކުން ހާމަވެއްޖެ އެވެ. އެމެރިކާ އާއި އީރާނުގެ ދެކޮޅުވެރިކަން މީގެ ކުރިން ދުވަހަކުވެސް ނުދާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށާއި އެހެންކަމުން ދެޤައުމުގެ ދެމެދުގައި ކުރިމަތިލުންތަކެއް ފެށުން ވަރަށް ގާތްކަމަށް އެ ރިޕޯޓްގައިވެއެވެ.


މިފަދަ ކުރިމަތިލުމެއް ފެށުމަށް މެދުވެރިކުރުވާ ސަބަބުތަކުގެ ތެރޭގައި ސޫރިޔާގައި އީރާނުގެ ސިފައިން ހަރަކާތްތެރިވުމާއި، ފަލަސްޠީނުގެ ޤުދުސް އަކީ އިސްރާޢީލުގެ ވެރިރަށްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި، ސޫރިޔާގެ ގޯލާންގެ އުސްބިންތަކަކީ އިސްރާއީލުގެ މިލްކެއް ކަމަށް އެމެރިކާއިން ނިންމުން ހިމެނެ އެވެ. އަދި އީރާނާއެކު ދުނިޔޭގެ ބޮޑެތި ދައުލަތްތަކުން ހަދާފައި އޮތް ނިޔުކްލިޔަ އެއްބަސްވުމުން އެމެރިކާއިން އަމިއްލައަށް ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ވެސް މިކަމުގެ ތެރޭގައި ހިމެނެ އެވެ.


މިހެންކަމާއެކު އެ ރިޕޯޓްގައި ވާގޮތުން އީރާނުން މިހާރު ދަނީ އެމެރިކާގެ އިތުރުން ޔަހޫދީ އިސްރާއީލުގެ ފަރާތުން އަތުވެދާނެ ހަމަލާއަކަށް ވެސް ތައްޔާރުވަމުންނެވެ. އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށިއްޖެނަމަ އެ ޤައުމުގެ ދިފާޢުގައި ލުބްނާންގެ ޙިޒްބުﷲ ޖަމާއަތުން ހަނގުރާމައިގެ ތެރެއަށް ވަންނާނެކަމަށް މިހާރު ވަނީ ބުނެފަ އެވެ. ޙިޒްބުﷲގެ އިތުރުން އީރާނަށް މަދަދު ދިނުމަށްޓަކާ ސޫރިޔާގެ ސިފައިންނާ، ފަލަސްޠީނުގެ ޙަމާސް ޖަމާއަތާއި ޢިރާޤުގެ ސިފައިން ވެސް ހަނގުރާމައިގެ ތެރެއަށް ވަދެ އީރާނު ދިފާއުކުރަމުންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު