އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޤައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

3 months ago

ހުސައިން ރަޝީދު

މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގައި އޮންނަ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުގެ ހެޑު ކޯޗަކަށް ތަޖުރިބާ ކާރު ކޯޗް އަލީ ސުޒޭން ހަމަޖައްސައިފިއެވެ. މީގެކުރިން ސުޒޭންވަނީ ގައުމީ 23 އަހަރުން ދަށުގެ ޓީމްގެ ހެޑްކޯޗްއަކަށްވެސް ހަމަޖައްސާފައެވެ.

ކޯޗް އަލީ ސުޒޭންއާއެކު ދެން ކޯޗިން ސްޓާފްގައި ހިމެނެނީ އެސިސްޓަންޓް ކޯޗްއަކީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. ގޯލްކީޕަރ ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރާނީ އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމްއެވެ. ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ)އެވެ.

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފްގެ ކުރިން އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް މާލޭގައި ކުރިއަށްދާނެއެވެ. މިމެޗްގައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު