އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ވިލިމާލޭގެ ވިޔަފާރިތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

1 month ago

ހުސައިން ރަޝީދު

ވިލިމާލެ ނެއިބަރ ހުޑް އޮފިސަރުން ވިލިމާލޭގެ ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މަޢުލޫމަތު ލިބިފައިވާގޮތުން ވައްކަމުގެ މައްސަލަތަކާއި ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރަމުންދާތީ ވިޔަފާރިތަކުން އިތުރަށް ސަމާލުކަންދޭންވީ ކަންކަމާއި އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރާނެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަމުންދާ ފޯނު ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި އެފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، އެޅިދާނެ ފިޔަވަޅުތަކާއި ވިޔަފާރި ކުރާތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިހާތަނަށް ޒިޔާރަތްކުރި ވިޔަފާރިތަަކަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ވިލިމާލޭގެ ވިޔަފާރިތަކަށް މުހިއްމު މެސެޖުތައް ދިނުމަށް ވިލިމާލެ ބިޒްނަސް ކޮމިއުނިޓީ ވައިބަރ ގުރޫޕެއް ހެދުމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މިއަދުފެށި އެ ޕްރޮގްރާމް، ވިލިމާލޭގެ ހުރިހާ ވިޔަފާރިތަކަށް ޒިޔާރަތްކޮށް ނިމެންދެން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު