އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޕެޕަރ އެން ސޮސެޖް ޕިއްޒާ ތައްޔާރުކުރާނެގޮތް

1 month ago

ޖުވޭރިޔާ ވަޖުދީ

މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ސޮސެޖާއި ޕެޕާރ ބޭނުން ކޮށްގެން ތައްޔާރު ކުރާ ފިއްޒާ ތައްޔާރު ކުރާނެގޮތެވެ. މިއީ ހަދާލަން ވަރަށް ފަސޭހަ ރަހަމީރު ބާވަތެކެވެ. މިއީ ޢާންމުކޮށް ގޭގައި ހަދާލަން ފަސޭހަ އެއްޗެއްގެ އިތުރުން ތަރުކާރީގެ ބާވަތްތައް ވެފައި ކޮންމެ ގެއެއްގައި ވެސް އާންމުކޮށް ހެދިދާނެ އެއްޗެކެވެ. އެހެންނަމަވެސް މީރުކޮށް ހެދޭނީ ސޮސެޖާއި ޕެޕާރ ޕިއްޒާ ތައްޔާރު ކުރާނެ ގޮތް އެނގިގެންނެވެ.


ޕެޕަރ އެން ސޮސެޖް ޕިއްޒާ ތައްޔާރުކުރާނެގޮތް


ބޭނުންވާ ތަކެތި

1 ޕިއްޒާ ބްރެޑް

4 ސޮސެޖް (ތުނިކޮށް ފޮތިކޮށްފައި)

1 ޖޯޑު (ވަރަށް ހަނި ދިގަށް ކޮށާފައި ހުރި ބެލްޕެޕަރ)

1 ފަޅި ގްރީން އަނިއަން ވަށްކޮށް ކޮށާ އެތި އެތިކޮޅަށް ވާ ގޮަތަށް ނައްޓާފައި ހުރި

2/1 ޖޯޑު ޓޮމާޓޯ ސޯސް

3/1 ސައި ސަމުސާ މުގުރި އަސޭމިރުސް

1 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ޓޮމާޓޯ ( ތުނިކޮށް ވައްފޮއްޗަށް ކޮށާފައި)

1 ޖޯޑު (ގާނާފައި ހުރި ޗީޒް)މޮޒޮރެއްލާ

2 ކެޕްސިކަމް (ކަރުނަގާ ކޮށާފައި)

ބަޓަރުކޮޅެއް

ވަރަށް ކުޑަ ލޮނުކޮޅެއް


ތައްޔާރުކުރާނެގޮތް


ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާކޮޅާއި ކެޕްސިކަމް،ކޮޅު އަޅާފައި ފިޔާކޮޅުމޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ފިޔާކޮޅު މޯޅިވީމާ ސޮސެޖްކޮޅާއި ލޮނު، ސޯސް އަދި އަސޭމިރުސް، އަޅާފައި ރަނގަޅަށް ރަހަ ވަނުމުން ނުވަތަ ކެކުމުން އުނދުންމަތިން ބާލާށެވެ. ދެން ޕިއްޒާ ބްރެޑް މަތީގައި ތުނިކޮށް ބަޓަރު ހޭކުމަށްފަހު މަސްގަނޑު ފަތުރާލާފައި ކޮށާފައި ހުރި ބެލް ޕެޕަރކޮޅާއި ފިޔާ ވިއްސާލުމަށްފަހު ޓޮމާޓޯ ފޮތިތައް އަތުރާފައި މައްޗަށް ޗީޒް ވިސާލާފައި އަވަނުން ޗީޒް ދިޔާވަންދެން ފިހެލާށެވެ.

ކިޔުންތެރިންގެ ހިޔާލު