އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗަކަށް ސުޒޭން

3 months ago

އިބްރާހިމް ޢަލީ

 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗަކަށް ސީނިއަރ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަޤާމާއި ސުޒެއިން ހަވާލުވި ދެވަނަ ފަހަރެވެ. އެފަހަރު ހަވާލުވީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި ޓީމަށެވެ. އެ ފަހަރު ޕްރިލިމިނަރީ ބުރުގައި އިންޑޮނީޝިއާއާ ކުޅެ ފުރަތަމަ މެޗުން 1-0 އިން ބަލިވެ ދެ ވަނަ މެޗު 0-0 އިން އެއްވަރުވީ އެވެ.

ސުޒޭނުގެ އެހީތެރިންގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ސަބާހު މުހައްމަދު އިބްރާހީމް އާއި ވެލެންސިއާ ކުރީގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޝާހިދު (ޝާޑު)އެވެ.

23 އަހަރުން ދަށުގެ ޓީމް އެންމެ އަވަހަށް ވާދަކުރާނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ރާއްޖެ ކުޅޭ ކޮލިފައިންގައެވެ. މިކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރައިން އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ.

މިގުރޫޕްގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައިވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމް އާއި ކޮލިފައިންގައި ހިމެނޭ 11 ގްރޫޕުގެ ތެރެއިން 2 ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު