އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

މާމެންދޫ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި‏

1 month ago

އިބްރާހިމް ޢަލީ

ގއ. މާމެންދޫ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފި‏އެވެ.‎

‏‎މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ރަށުގެ ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ފުލުހުންނަށް ފާހަގަ ކުރެވުނު ކަންކަން ބުނެދީ އެކަންކަން ރަނގަޅު ކުރުމަށް އިރުޝާދުދީފައިވެއެވެ.

އަދި ވިޔަފާރި ބަންދުކޮށްފައި ދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާ އަދި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އާއްމުކޮށް ވައްކަން ކުރުމުގައި މީހުން ހަރަކާތްތެރިވާނެކަމަށް ބެލެވޭ ގަޑިތަކާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ފައިސާ ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ސައްހަނޫން ފައިސާ އާއި ޗެކު ދެނެގަންނާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިންނަށް ސިނގިރޭޓް ފަދަ ތަކެތި ވިއްކުން ފަދަ ކުށްތަކުން ދުރުހެލިވުމަށާއި 18 އަހަރުން ދަށުގެ ކުދިންނާއި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ނުބޭތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު