އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރައީސުލްޖުމްހޫރިއްޔާ ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން ފައްޓަވައިދެއްވައިފި

5 days ago

އިބްރާހިމް ޢަލީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން އިއްޔެ ފައްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާފައި ވަނީ މަގުހަދާ ވެހިކަލް ބޭނުން ކުރައްވައިގެންނެވެ.


ހަނިމާދޫ މަގުހެދުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ކުރިޔަށްގެންދަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ޖުމްލަ 6.4 ކިލޯ މީޓަރުގެ ދިގު މިނުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގު ހަދާނެއެވެ.


މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ހދ. ހަނިމާދޫ ކައުންސިލާއި،ހެލްތު ސެންޓަރަށާއި، ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ވެސް މިއަދު ބައްލަވާ ލައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.


ހަނިމާދޫގެ ޞިއްޙީ ދާއިރާގެ ފެންވަރު މަތިކުރުމުގެ ގޮތުން އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް މިއަހަރުގެ ފަހުކޮޅު ބިޑަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ހަނިމާދޫ ބަނދަރު އަޕްގްރޭޑްކުރުން ކުރިޔަށްދާއިރު އެމަސައްކަތް ކުރިޔަށްދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިހާރު ކުރިޔަށްދަނީ ބަނދަރުގެ ބްރޭކްވޯޓަރގެ މަސައްކަތެވެ. ހަނިމާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އެ ސްކޫލުގައި މަލްޓިޕާޕަސް ހޯލްއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށްދެއެވެ. 

ކިޔުންތެރިންގެ ހިޔާލު