އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

"މުސްލިމުން ޚިލާފަތެއް ޤާއިމްކުރިޔަ ނުދޭނަން!" (1)

2 years ago

އިބްރާހިމް ނާޒިމް

ދުނިޔޭގައި ޤައުމެއްގެ ނަން ވަކި އާއިލާއަކަށް ނިސްބަތްކޮށްފަ އޮންނަ ހަމައެކަނި ޤައުމުކަމުގައިވާ ސުޢޫދީ ޢަރަބިއްޔާ އަކީ އެ ޤައުމުގެ ވެރިކަމާއި، ސަރުކާރު ހިންގުމާއި، އިޖްތިމާއީ ކަންކަމުގައި ޙައްޤާއި ބާޠިލު އެއްކޮށްލައިގެން ހިންގަމުން އަންނަ ޤައުމެކެވެ. ސުޢޫދީ ވެރިކަމުގެ ފަރާތުން އެބައިމީހުންގެ ޙަޤީޤަތް ދުނިޔޭގެ މުސްލިމުންނަށް އޮޅުވާލުމަށްޓަކައި ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެތައް ކަމެއްގެ ތެރެއިން އެއްކަމަކީ އެ ޤައުމުގެ ދިދައިގައި ތަޥްޙީދުގެ ކަލިމަ ލިޔެފައި އޮންނަ އޮތުމެވެ. މީގެ އިތުރުން އެ ޤައުމަކީ އިސްލާމީ ދައުލަތެއް ކަމަށާއި، އިސްލާމް ދީނުގެ ޝަރީޢަތް ފުރިހަމައަށް ތަންފީޒުކުރާ ޤައުމެއް ކަމަށް ދައުވާކުރާކުރުން ވެސް މިކަމުގެ ތެރޭގައި ހިމެނެ އެވެ. ހީލަތްހެދުމަށާއި އޮޅުވާލުމަށް ދީނުގެ ޝިޢާރުތައް ބޭނުންކުރާކަމުން ދުނިޔޭގެ އެތަކެއް މުސްލިމުންނެއް ވަނީ ސުޢޫދީ ޝާހީ ޚާންދާނުގެ ބޭރު ފުށުގެ ދަޅަތަކުގައި ޖެހި ހެއްލުންތެރިވެފަ އެވެ.


ސުޢޫދީ ޢަރަބިއްޔާގެ ރަސްމީ ނަމަކީ "އަލް މަމްލަކަތުލް ޢަރަބިއްތުއް ސުޢޫދިއްޔާ" އެވެ. މީގެ މާނައަކީ "ސުޢޫދު އާއިލާގެ ޢަރަބި ރަސްކަން" މިއެވެ. ޢަރަބި ރަސްކަމެކޭ އޮތުމުން ދޭހަވަނީ އެ ރަސްކަމުގެ ތެރޭގައި ޢަރަބިން ނޫން އެހެނިހެން މުސްލިމުން ނިކަމެތި ވާނެ ކަމެވެ. ވަކި އާއިލާއަކުން ކުރާ ރަސްކަމެއްގެ ގޮތުގައި ވެރިކަން ހިންގުމަކީ އިސްލާމް ދީނުގެ ކޮންހަމައަކުން ހުއްދަކުރެވޭނެ ކަމެއްކަން ބުނެދޭން އެނގޭ ދީނީ ޢިލްމުވެރިޔަކު އަދި އެމީހުންނަށް އުފެއްދިފައެއް ނުވެ އެވެ. އިނގިރޭސިންގެ އިރުޝާދުގެ ދަށުން މާތްވެގެންވާ ޙުރުމަތްތެރި މައްކާގެ ތެރެއަށް ހަތިޔާރާއެކު ވަދެގަނެ، ވަކިހަމައެއް ބަލާނުލާ އެއްހާސް މުސްލިމުންނެއް ޤަތުލުކޮށް، އަމިއްލައަށް ތިމަން މިއީ ޙިޖާޒް އާއި ނަޖުދުގެ ރަސްގެފާނޭ ބުނި ޢަބްދުލްޢަޒީޒް އާލު ސުޢޫދު އިނގިރޭސިންނާ ކުރި އެއްބަސްވުމުގައި އޮންނަނީ ކީކޭކަމަށްތޯ އެވެ؟ "..ތިމަންމެން ޚަލީފާކަމަށް ދައުވާ ނުކުރާނަމަވެ. އަދި މުސްލިމް ޚިލާފަތެއް ޤާއިމްވިޔަ ވެސް ނުދޭނަމެވެ.." މިހެންކަމުން އާލު ސުޢޫދުގެ ޚާންދާނުން ދެ ޙަރަމް ކޮންޓްރޯލްކުރަމުން ދާހާ ދުވަހަކު އިސްލާމީ ޚިލާފަތެއް ޤާއިމް ނުކުރެވޭނެ އެވެ.


އިނގިރޭސިންގެ ފިއްތުންތަކުގެ ސަބަބުން އިސްތަންބޫލްގައި އޮތް މުސްލިމް ޚިލާފަތު އުވާލުމާ ގުޅިގެން މައްކާގެ ޝަރީފް ޙުސެއިން ޙިޖާޒްކަރާގައި މުސްލިމް ޚިލާފަތް ދެމެހެއްޓުމުގެ ވިސްނުމެއް ގެންގުޅޭތީ އިނގިރޭސިން އޭނާއާއި އޮތް ގުޅުން ކަނޑާލައި، ނަޖުދުކަރައިން ނުކުމެގެން އުޅުނު ޤާފިލާތައް ފޭރޭ އާލު ސުޢޫދު ޤަބީލާ އާއި އައު އެއްބަސްވުމެއް ހެދީ އެވެ. އަދި އިނގިރޭސިންގެ ހަތިޔާރާ ފައިސާގެ އެހީގައި ޙިޖާޒްކަރަ އާއި ދެ ޙަރަމް ހިފުމަށް އެހީވެދީފިނަމަ ދުވަހަކުވެސް މުސްލިމް ޚިލާފަތު ޤާއިމްވިޔަ ނުދޭނެކަމުގެ ޖާމިނުވުން އިނގިރޭސި ސަރުކާރަށް ޢަބްދުލްޢަޒީޒް އާލު ސުޢޫދު ދިނީ އެވެ.


އެންމެ ކުޑަ މިނުން މުސްލިމުންގެ މާތްވެގެންވާ ދެ ޙަރަމް ހުރި ދެރަށްކަމުގައިވާ މައްކާ އާއި މަދީނާގެ ކޮންޓްރޯލް އެބައެއްގެ އަތުގައި ނެތްބަޔަކަށް މުސްލިމް ޚިލާފަތެއް ނުހިންގޭނެ އެވެ. އެފަދަ މީހަކު އެއީ ޚަލީފާއެއް ކަމުގައި ދުނިޔޭގެ މުސްލިމުން ބަލައި ނުގަންނާނެ އެވެ. މީގެ ކުޑަކުޑަ މިސާލެއް ބަޔާންކޮށްލާނަމެވެ. މިސާލަކަށް އަފްޣާނިސްތާނު ހިމެނޭ ޚުރާސާނުގައި މުއްލާ ޢުމަރު އެއީ އުންމަތުގެ ޚަލީފާކަމަށް ޤަބޫލުކޮށް ދުނިޔޭގެ ގިނަ އަދަދެއްގެ މުސްލިމުން އޭނާއަށް ބައިޢަތު ހިފީ އެވެ. ނަމަވެސް މުއްލާ ޢުމަރު ޙައްޖަށް ދާން ޖެހިއްޖެ ނަމަ ހަދަންޖެހޭނީ ކިހިނަކުން ހެއްޔެވެ؟ ސުޢޫދީ ސަރުކާރުން އޭނާ އަށް ވިސާ ނުދީފިނަމަ އޭނާއަކަށް ޙައްޖެއް ނުވެވޭނެ އެވެ. އަދި އޭނާގެ ވެރިކަންހިނގާ ހިސާބުގައި ތިބި އެންމެހާ ރައްޔިތުން ވެސް ޙައްޖަށް އައުން މަނާކޮށްލުމުގެ ބާރު ސުޢޫދީ ސަރުކާރަށް ލިބިގެންވެ އެވެ. މިހާ ހިސާބުން ސުވާލުއުފެދޭނީ އިސްލާމް ދީނުގެ ފަސްވަނަ ރުކުން މުސްލިމުން އަދާކުރުމަށް މަގުފަހިކޮށްނުދެވޭ މީހަކު މުސްލިމުންގެ ޚަލީފާއެއްކަމުގައި ފުދޭނެތޯ އެވެ؟ މިހެންކަމުން މުސްލިމުންގެ ޚަލީފާގެ އަތުގައި އެންމެ ކުޑަމިނުން ދެ ޙަރަމްގެ ކޮންޓްރޯލް އޮތުން ލާޒިމްކުރެ އެވެ.


ޚިލާފަތު ޤާއިމްކުރެވިގެން މެނުވީ އިސްލާމީ އުންމަތް ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ އެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމް ދީން ޤަބޫލުނުކުރާ ޙަރުބީ ކާފަރުން މުސްލިމުންނަށް ކުރަމުންދާ އަނިޔާ އާއި އަޅުވެތިކަމުން އުންމަތް ސަލާމަތް ނުކުރެވޭނެ އެވެ. ޚިލާފަތު ޤާއިމްކުރެވިގެން މެނުވީ ފަލަސްޠީނުގެ މުޤައްދަސް ބިން ޔަހޫދީ ޒަޔަނިސްޓުންގެ އަތްދަށުން މިންޖު ނުކުރެވޭނެ އެވެ. ޤުދުސްގައިވާ މުސްލިމުންގެ ތިންވަނަ ޙަރަމް، މަސްޖިދުލްއަޤްޞާ މުސްލިމުންނަށް އަނބުރާ ނުހޯދޭނެ އެވެ. އެހެނީ ފަލަސްޠީނުގެ މުޤައްދަސް ބިން މުސްލިމުންނަށް ގެއްލިގެން ދިޔައީ މުސްލިމް ޚިލާފަތު އުވާލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ މިއަދު ދުނިޔޭގައި ތިބި ކިތަންމެ މުސްލިމް ދީނީ ޢިލްމުވެރިންނެއް ޤަބޫލުކުރާ ގޮތެވެ. މިހެންކަމުން ސުޢޫދީ ޝާހީ ޚާންދާނުގެ ވެރިކަން ޢަރަބި ކަރައިގައި ނިމުމަކަށް ގެނެސް މުސްލިމް ޚިލާފަތު ޤާއިމްކުރުމަށް ގޮވާލުމަކީ ފިތުނަ އުފެއްދުމެއް ނޫނެވެ. އެންމެ ބޮޑު ފިތުނައަކީ މުސްލިމް ޚިލާފަތު ޤާއިމްވިޔަ ނުދިނުމަށް މަސައްކަތްކުރުމެވެ. ޚިލާފަތު ޤާއިމުކުރަން ހުރަސްއަޅާ ކޮންމެ މީހަކު އެކަން އެ ކުރަނީ އިސްލާމް ދީނުގެ ބާރުވެރިކަން ދުނިޔޭގައި ހިންގިޔަ ނުދިނުމަށެވެ.


މި ޙަޤީޤަތް ދުނިޔޭގެ މުސްލިމުންނަށް ފޮރުވުމަށްޓަކައި ސުޢޫދީ ޝާހީ އާއިލާގެ ފަރާތުން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެތަކެއް މުސްލިމް ދީނީ ޢިލްމުވެރިންނަށާއި، ދާޢީންނަށާއި، ޖަމިއްޔާ ޖަމާޢަތްތަކަށް ފައިސާދެމުން ގެންދެ އެވެ. މިކަންކުރަނީ ދީނުގެ މަގުގައި ކުރާ ހޭދައެއްކަމުގައި ބުނެ ސިއްރުވެރި ގޮތެއްގަ އެވެ. ބޭނުމަކީ އެބައިމީހުންގެ ބޭދީނީކަމާއި، މުސްލިމުންގެ އަދާވާތްތެރިންނާއި އޮންނަ ސިއްރު ގުޅުންތަކާމެދު މުސްލިމް ދީނީ ޢިލްމުވެރިންގެ އަނގަ ބަންދުކޮށްފައި ބޭތިއްބުމެވެ. މިގޮތުން ފައިސާދީ އުޅެނީ ސުޢޫދީ ސަރުކާރުގެ ނަމުގައެއް ނޫނެވެ. ދީން ކުރިއެރުވުމުގެ ނަމުގައި ރަސްގެފާނު އަޑީގައި ހުރެގެން ހަދައިގެންއުޅޭ ކޮންމެވެސް ޖަމިއްޔާއެއް ނުވަތަ އެހެންވެސް މުވައްސަސާއެއްގެ ނަމުގަ އެވެ. މިހެން ކަންކުރާއިރު ސުޢޫދީ ޢަރަބިއްޔާގައި އިސްލާމް ދީނަށް ނިސްބަތްކޮށް އަމިއްލަ ޖަމިއްޔާ ޖަމާޢަތްތައް ހެދުމާއި، އިސްލާމް ދީން އުނގަންނާދޭ ވެބްސައިޓްތައް ހިންގުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް އެ ޤައުމުގައި ނުކުރެވޭނެކަމަށް ފަތުވާދޭނެ ދީނީ ޢިލްމުވެރިން ވެސް އުފައްދާފައި ވެއެވެ. މިހެން ނިންމާފައި ވާއިރު ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމަކީ އެމީހެއްގެ ފެންވަރުން އިސްލާމް ދީނުގައި ކޮންމެ މުސްލިމަކަށް ދެއްވާފައިވާ ޙުއްދައެކެވެ. ސުޢޫދީ ރަސްކަމުގެ ފަރާތުން ދޭން ހުށަހަޅާ ފައިސާ ބަލައިގަތުމަށް އިންކާރުކޮށްފި މުސްލިމް ދާޢީން ބްލެކް ލިސްޓްކުރުމަށް ޤައުމުތަކުގެ ސަރުކާރުތަކަށް އަންގަ އެވެ. ނަމަވެސް ހުރިހާ މުސްލިމް ދީނީ ޢިލްމުވެރިންނަކީ ފައިސާއަށް ވިކޭނެ ބައެއް ނޫނެވެ. ސުޢޫދީ ޝާހީ ޚާންދާނުން ކުރާ ނުބައި ކަންތައްތަކާ ދެކޮޅަށް އަޑުއުފުލައިފި ދީނީ ޢިލްމުވެރިންނާއި ދާޢީންނަކީ ޚަވާރިޖުން ކަމުގައި ނުވަތަ ޢަޤީދާ ގޯސް ބައެއްކަމަށް ފަތުވާނެރުމަށް ކޮންމެވެސް އެހެން ދީނީ ޖަމިއްޔާއަކަށް ފައިސާ ފޮނުވަ އެވެ. މުސްލިމް ދާޢީން ގަނެލުމަށާއި އެބައިމީހުންގެ އަނގަ ބަންދުކުރުމަށް ފައިސާ ހޭދަކުރަމުންދާއިރު ޒަޔަނިސްޓް ޔަހޫދީންނާ ދެކޮޅަށް ފުރާނަ އާއި ޖާނާމާލުން ޖިހާދުކުރަމުންދާ މުސްލިމް ޖަމާޢަތްތަކުގެ މުޖާހިދުންނަށް ލޯ ލާރިއެއްގެ މިންވަރު ވެސް ނުދެއެވެ.


މިއަދު ސުޢުދީ ޝާހީ ޚާންދާނަށް ނިސްބަތްވާ 1000 އަށްވުރެ ގިނަ އަމީރުންނާއި އަމީރާއިން އެބަތިއްބެވެ. މީގެ ތެރެއިން އެތަކެއް ގިނަ އަމީރުންގެ އަނބިދަރިން ދިރިއުޅެނީ އެމެރިކާ އާއި އިނގިރޭސިވިލާތުގަ އެވެ. މިބައިމީހުންގެ ދަރިންނަށް އެތަންތަނުގައި ކިޔަވާދީ ބޮޑަތިކުރާކަމުން އެކުދިންނަށް އިސްލާމް ދީނުގެ ބަސްކަމުގައިވާ ޢަރަބި ބަސް ވެސް ނޭނގެ އެވެ. އެކުދިންގެ އުޅުމާއި އަޚުލާޤު ވެސް ހުންނަނީ ހުޅަނގުގެ ވިޔާނުދާ ގޮތްތަކަށެވެ. މިފަދަ އެތަކެއް ހާސް ކުދިން އެނބުރި ސުޢޫދީ ޢަރަބިއްޔާ އަށް އައިސް އުޅޭހިތްނުވަނީ އެ ޤައުމުގައި ނައިޓްކްލަބްތަކާއި، ބާރތަކާއި، ޖުވާކުޅޭ ތަންތަނާއި (ކެސީނޯ)، ފެޝަން ޝޯވތަކާއި، ބިކިނީ ބީޗްތަކާއި އަދި ނެތީމައިކަން އެނގެން އެބަ އޮތެވެ. މިހެންކަމުން އެފަދަ ތަންތަން ލަހެއްނުވެ އެ ޤައުމުގައި ހުޅުވަންޖެހޭނެކަން މިހާރު ގާތްގަނޑަކަށް ޔަޤީންކުރެވެ އެވެ. ސުޢޫދީ އާންމު ރައްޔިތުންނާ އެކަހެރި ގޮތެއްގައި އެފަދަ ޚިދުމަތްދޭ ތަންތަން އެކުލަވާލުމުގެ ޕްލޭންތަކެއް މިހާރު ވަނީ ކުރެވިފަ އެވެ. މިއަދުވެސް އެ ޤައުމުގެ ކިތަންމެ ބޮޑަތި އިމާރާތްތަކެއްގައި ސިއްރުން ހިންގާ ބާރތަށް އެބަހުއްޓެވެ.


ސުޢޫދީ ޢަރަބިއްޔާގެ ފައިސާގެ ތެރެއިން 1 ޓްރިލިޔަން ޑޮލަރު މިހާރު ވަނީ އެމެރިކާގެ ތަފާތު ވިޔަފާރިތަކުގައި އިންވެސްޓްކުރެވިފަ އެވެ. މިފަދައިން ކަންތައް ކޮށްފައި މިވަނީ އެމެރިކާއަށް ދިމާވެގެންއުޅޭ އިޤްތިޞާދީ ހީނަރުކަން ރަނގަޅުކޮށްދިނުމުގެ ބޭނުމުގަ އެވެ. އެހެނީ އެމެރިކާގެ އެތެރޭގައި ދައުރުވާ ފައިސާތައް ގިނަކޮށްދީގެން އެޤައުމުގެ ވިޔަފާރިތަކާއި، އެހެނިހެން މަޝްރޫޢުތައް އިތުރުކޮށް ވަޒީފާ ނެތް މީހުންގެ އަދަދު މަދުކޮށްދިނުމުގެ މަޤްޞަދުގަ އެވެ. ނަމަވެސް އެމެރިކާގެ އެތެރޭގައި ކޮރަޕްޝަން ހައްދުން ނެއްޓިފައި ވާތީ މި މަޤްޞަދު ހާސިލުވަމުން ނުދެ އެވެ. އެނަލިސްޓުން ބުނާގޮތުގައި އެމެރިކާގައި އިންވެސްޓްކޮށްފައިވާ މި ފައިސާއިން އެންމެ ލޯ ލާރިއެއް ވެސް ދެން އަނބުރާ ސުޢޫދީ ރައްޔިތުންނަށް ނުލިބޭނެ އެވެ. އަދި މި ފައިސާއިން ނެރެވޭ މަންފާއެއް ވާނަމަ ވެސް ނުސީދާ ގޮތެއްގައި އެ ހޭދަކުރެވެމުން ދަނީ މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ކުރާ ހަނގުރާމަތަކަށެވެ. އެމެރިކާގެ ބޭންކްތަކުގައި ފައިސާ ބެހެއްޓި ކިތަންމެ ޤައުމުތަކަކަށް ވަނީ ކެހިދީފަ އެވެ. މިގޮތުން އީރާނާއި ލީބިޔާގެ އެތަކެއް ބިލިޔަން ޑޮލަރު ވަނީ ހިފަހައްޓާފަ އެވެ. އެމެރިކާގެ ޔަހޫދީންގެ ބޭންކްތަކުގައި ފައިސާ ބަހައްޓައިގެން އުޅޭ ސުޢޫދީ ޢަރަބިއްޔާ އަށް ވެސް އެންމެފަހުން ޖެހޭނީ ހަމަ މި ދަތުރެވެ. މާތްވެގެންވާ ޤުރުއާނުގައި ވާފަދައިން ޔަހޫދީއެއްގެ އަތުގައި އަމާނަތަށް އެންމެ ދީނާރެއް ބޭއްވިޔަސް އޭގެ ވެރިމީހާ ގަދަ ފައި ވިއްދާފައި ހުރެގެން މެނުވީ އެ އަނބުރާ ނުދޭނެ އެވެ. މުސްލިމުންނަށް އިންޒާރާއެކު ޙަރާމްކުރައްވާފައިވާ ރިބާގެ މުޢާމަލާތުތަކުގައި ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ފައިސާ އިންވެސްޓްކޮށްފައި ވާކަމުން ދޭހަވަނީ ޙަރާމެއް ޙަލާލެއް ބަލަން އެބައިމީހުން ބޭނުންނުވާ ކަމެވެ.


ސުއޫދީ ވެރިކަމުގެ ފަރާތުން ވަނީ ފޮތުން އެއްބަޔަށް އީމާންވެފައި އަނެއް ބަޔަށް ކާފަރުވެފަ އެވެ. އެހެނީ މިބައިމީހުން އަމަލުކުރަނީ ﷲ ބާވައިލެއްވި ޙުކުމްތަކުން އެއްބަޔަށެވެ. މިކަން ކަށަވަރުވާނީ އެ ޤައުމުގައި ކުށްކުރާ މީހުންނާމެދު އަމަލުކުރަމުންދާ ގޮތްތައް ބަލާ ދިރާސާކުރީމަ އެވެ. އަދިވެސް ދީނުގެ ޝަރީޢަތާ ޚިލާފަށް ހިންގާ އެތަކެއް އިޖްތިމާއީ ކަންކަމަށް ބަލާލެވުނީމަ އެވެ. މިގޮތުން އަންހެން ކުދިން 18 އަހަރު ނުވަނީސް ކައިވެނި ނުކޮށްދޭން މިހާރު ނިންމަން އެބައުޅެ އެވެ. ސުޢޫދީ އަންހެނަކަށް ބިދޭސީ ފިރިހެނަކާ ކައިވެނި ނުކުރެވެ އެވެ. އެ ފިރިހެނަކީ މުސްލިމެއް ކަމުގައި ވެފައި، އޭނާގެ ދީންވެރިކަމާ އަޚްލާޤާއި މެދު އެ އަންހެނަކު އަދި އޭނާގެ ވަލީވެރިޔާ ކިތަންމެ ހިތްހަމަޖެހުނަސް ވަރިހަމަ އެވެ. ސުޢޫދީ ފިރިހެނަކަށް ބިދޭސީ އަންހެނަކާ ކައިވެނިކުރެވޭނީ އުމުރުން 40 އަހަރުން މަތިވުމާއެކު ވަކި ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. މީގެ އިތުރުން ރަސްގެފާނު ދެއްވާ ހުއްދައެއް އޮންނަންޖެހެ އެވެ. ރަސްގެފާނު ހުއްދަ ނުދެއްވައިފި ނަމަ އެކަން ނުކުރެވޭނެ އެވެ. އިސްލާމް ދީނާ ޚިލާފަށް ސުޢޫދީ ޢަރަބިއްޔާގައި ހިންގާ މިފަދަ ކަންކަމުން ދޭހަވަނީ އެ ޤައުމުގައި އަމަލުކޮށް އުޅެނީ އިސްލާމީ ޝަރީޢަތުގެ ބައެއް ތަންތަންކޮޅަށް ކަމެވެ. ކައިވެނީގެ ކަންތަކުގައި ބަޔާންވެދިޔަ ފަދައިން އަމަލުކުރާތީ، ސުޢޫދީ ރައްޔިތުންގެ ތެރެއިން ބޭރު ޤައުމުތަކުގައި ކިޔަވަން ނުވަތަ ވަޒީފާއަދާކުރަން ތިބެންޖެހިފައިވާ ފިރިހެނުން އެ ޤައުމުތަކުގެ އަންހެން ކުދިންނާ ކައިވެނިކުރަނީ ސުޢޫދީ ސަރުކާރަށް ސިއްރުންނެވެ. ކިޔަވާ ނިމިގެން ނުވަތަ ވަޒީފާގެ މުއްދަތު ނިމިގެން ސުޢޫދީ ޢަރަބިއްޔާއަށް އެނބުރި ދާންވީމާ އަންހެނުން ވަރިކުރަނީ އެވެ. ނުވަތަ ފިލައިގެން ދަނީ އެވެ. މިގޮތުން ސުޢޫދީ ފިރިހެނުންގެ ދަރިންކަމުގައިވާ އެތަކެއް ސަތޭކަ ކުޑަކުދިންނެއް ދުނިޔޭގެ އެތަންމިތަނުގައި ބިކަ ހާލުގައިޖެހިފައި ވެއެވެ. ރަސްގެފާނުގެ ހުއްދަނެތި ބިދޭސީ މުސްލިމް އަންހެނަކާ އިނދެގެން ޤައުމަށް ގެނެވެން ނޯންނާތީ އެވެ.


ޤައުމީ އައިޑެންޓިޓީ ކާޑުގައި ތިމާ ނިސްބަތްވާ ޤަބީލާގެ ނަން ޖަހަންޖެހޭ ޤައުމެއް ވެސް ސުޢޫދީ ޢަރަބިއްޔާ ނޫނީ ދުނިޔޭގައި ނެތެވެ. މަތިހަށިނަގާފައި ޤައުމިއްޔަތަށް ގޮވުމުގެ އިތުރުން ޤަބީލާވަންތަކަމަށް ގޮވުމާ، ވަކި ޤަބީލާއަކަށް ނިސްބަތްވުމުގައި ހުރި މޮޅުދެރަ ބެލުމާ، މިގޮތުން މީހުންނާމެދު ތަޢައްޞުބުގެ ގޮތްތައް ގެންގުޅުމާ، މި އެންމެހާ ކަންކަމަކީ އިސްލާމް ދީން އެކަމެއްގެ މައްޗަށް ނުރުހުންވާ ކަންކަމެވެ.


ސުޢޫދީ ޢަރަބިއްޔާގެ ވެރިކަމުގެ ފަރާތުން ދުނިޔޭގެ މުސްލިމުންނަށް ހީކުރުވާން އުޅެނީ އެ ޤައުމަކީ މުސްލިމް ޚިލާފަތެއް ނުވަތަ އިސްލާމީ ދައުލަތެއްކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެ ޤައުމަކީ މިއިން އެކައްޗެއް ވެސް ނޫންކަމެވެ. ތެދަށް ބުނާކަމުގައި ވާނަމަ އެ ޤައުމަކީ ސެކިޔުލާ (އަލްމާނީ) ދައުލަތެކެވެ. އެހެނީ ސެކިޔުލާ ނޭޝަން ސްޓޭޓްއެއްގައި ހުންނާނެ ހުރިހާ މައިގަނޑު އަސާސްތަކާއި ސިފަތައް އެ ޤައުމުގައި އެބަހުއްޓެވެ. ބައެއް މިސާލުތައް ދައްކަން ހެއްޔެވެ؟ ފުރަތަމައިނުން އެ ޤައުމުގެ ވެރިކަން ހިންގާ ނިޒާމަކީ ވިރާސީ ރަސްކަމުގެ އުސޫލުކަމުގައި ކަނޑައެޅިފައި ވެއެވެ. މިއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ސެކިޔުލާ ޤައުމުތައް ބިނާވެގެންވާނީ ވަކި އިމެއްގެ (ބޯޑަރެއްގެ) ތެރޭގަ އެވެ. އެ ޤައުމުގެ ވެރިކަމާއި، އެބައިމީހުންގެ އުސޫލުތަކާއި، ނިންމުންތައް ތަންފީޒުކުރެވޭނީ އެ އިމުގެ ތެރޭގަ އެވެ. އެ އިމުގެ ބޭރުން މުސްލިމުންގެ ސަރަހައްދުތަކުގައި ހިނގަމުންދާ ކަންކަމަކީ އެބައިމީހުން އެކަމާ ފިކުރުކުރަންޖެހޭ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން ކޮންމެފަދަ ބިކަ ހާލެއްގައި ތިއްބަސް އެކަމާ އަޅާލުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫނެވެ. ޣައިރު މުސްލިމް ދައުލަތްތަކުން ހަރުބީ ކާފަރުންގެ ލަޝްކަރުތައް އައިސް ކައިރީގައި އޮތް މުސްލިމް ޤައުމަކަށް އަރައިގަތަސް އެތަން ދިފާޢުކޮށްދިނުމަކީ ސުޢޫދީ ޢަރަބިއްޔާގެ ސިފައިންގެ މައްޗަށް އޮތްކަމެއް ނޫނެވެ. ސުޢޫދީ ސިފައިންނަކީ ހަމައެކަނި އެ ޤައުމު ހިމެނޭ ސަރަހައްދުގެ ދިފާޢުގައި ތިބެންޖެހޭ ބައެކެވެ. ނަމަވެސް މިއީ އިސްލާމް ދީނުގައި އެކަން އޮތްގޮތެއް ނޫނެވެ. ސެކިޔުލާ ދައުލަތްތަކެކޭ އެއްފަދައިން ސުޢޫދީ ޢަރަބިއްޔާގައި ވެސް އެ ޤައުމުގެ ރައްޔިތުން ކަމުގައި ބެލެވެނީ ވަކި ބައެކެވެ. އެނޫން މީހުން އެއީ މުސްލިމުން ކަމުގައި ވިޔަސް ހިލޭ އަޖުނަބީންނެވެ. އެ ޤައުމުގެ ރައްޔިތުންނަށް ދިރިއުޅުމުގައި ދެވޭ އިނާޔަތްތަކާއި، ލުއިތަކާއި، ފަސޭހަތަކެއް އެޤައުމަށް އައިސްއުޅޭ ބިދޭސީ މުސްލިމް މެހުމާނުންނަކަށް ނުލިބެ އެވެ. އެފަދައިން އެކަން ކުރުމަކީ ޤަވާޢިދު ހުއްދަކުރާ ކަމެއް ވެސް ނޫނެވެ. މިއީ ވެސް ސެކިޔުލާ ޤައުމެއްގެ އެއް އަސާސެވެ. ދުނިޔޭގައި އެ ޤައުމެއްގެ ރައްޔިތަކަށްވާން އެންމެ އުނދަގޫ ޤައުމަކީ ސުޢޫދީ ޢަރަބިއްޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސުޢޫދީ ކުޑަ ކުއްޖަކު އޭނާގެ ބައްޕަ ކުވައިތުގައި މަރުވިއިރު ބައްޕަގެ އައިޑެންޓިޓީ ކާޑު ގެއްލިފައި ވުމުގެ ސަބަބުން ސުޢޫދީ ރައްޔިތަކަށް ނުވެވިފައި 27 އަހަރު ސުޢޫދީ އަރަބިއްޔާގައި އުޅެފައިވެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ރައްޔިތަކަށް މީހަކު ވުމަށްޓަކައި ރަސްގެފާނުގެ ޚާއްޞަ ހުއްދައެއް ވެސް އޮންނަންޖެހެ އެވެ. އެހެނިހެން ސެކިޔުލާ ދައުލަތްތަކެކޭ އެއްފަދައިން ސުޢޫދީ ޢަރަބިއްޔާގައި ވެސް ވަކި ޤައުމީ ސަލާމަކާއި، ވަކި ޘަޤާފީ ނެށުމެއް އޮވެ އެވެ. މިފަދަ އެންމެހާ ކަންކަމަކީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނުވާ، ބިދުޢަ ނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟ ސުޢޫދީ ޢަރަބިއްޔާ ނަމަކަށް ކިޔުނު ހިސާބުގެ ބޯޑަރު އެކަށައަޅާލުމަށްފަހު ޢަބްދުލް ޢަޒީޒް އާލު ސުޢޫދު ބުނެފައި ވަނީ އޭނާގެ ބިމަށްވީ އެ ސަރަހައްދަކީ އެންމެހާ މުސްލިމުންގެ މިލްކެއް ކަމަށެވެ. ނަމަވެސް އެ ބިމުގެ އަޑިން ނެގޭ އަގުބޮޑު ތެލުން ލިބޭ އެއްވެސް ފައިދާއެއް އެއީ މުޅި އިސްލާމީ އުންމަތުގެ ޙައްޤެއް ކަމުގައި އޭނާވެސް އަދި އޭގެ ފަހުން އައި ރަސްރަސްކަލުން ވެސް ޤަބޫލެއް ނުކުރެ އެވެ. މި އެންމެހާ ކަމަކާއި އަދި މިއަށްވުރެ އިތުރު އެތައްކަމެއް މިހެން ހުރުމުން ސުޢޫދީ ޢަރަބިއްޔާ އަކީ ދީނާއި ދައުލަތް ވަކިކުރެވިފައިވާ ސެކިޔުލާ ދައުލަތެކެވެ.


މިއަދު ސުޢޫދީ ދައުލަތުން ކުރަމުންދާ ނުބައި ކަންތައްތަކުގެ ތެރޭގައި ޔަހޫދީ ޒަޔަނިސްޓުންނާ ގުޅިގެން މުސްލިމް ޤައުމުތަކާ ދެކޮޅަށް އިސްވެ ޢުދުވާނުތައް ފަށައި ހަނގުރާމަކުރުމާއި، މުސްލިމް ޤައުމުތަކުގައި އަހުލީ ހަނގުރާމަތައް ފެއްޓުމުން ހިމެނެ އެވެ. ބަޔާންވެދިޔަ ދެ ކަންތަކުގެ މިސާލެއް ދައްކާނަމަ ސައުދީ އިން ޔަމަނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢުދުވާނުތައް އެއޮތީ ފެންނާށެވެ. ސޫރިޔާގައި އަހުލީ ހަނގުރާމަ ފެއްޓުވުމަށް ފަތުވާތައް ނެރުވާ ފައިސާއާއި ހަތިޔާރު ތަކްފީރީ ގްރޫޕްތަކަށް ފޮނުވީ ސުޢޫދީ ޢަރަބިއްޔާ އިސްވެ އޮވެގެންނެވެ.

- ނުނިމޭ -

____________________________________________________________________

ފޮޓޯ: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ސައުދީގެ ސަގާފީ ނެށުމެއްގައި ބައިވެރިވެ ނަށަނީ

ކިޔުންތެރިންގެ ހިޔާލު

މިކަން ބައްލަވާ

ދީނީ ގޮތުން އެއްޗެއް ލިޔަން ވާނީ ވަރަށް ބަލައިފަ . ސަޢޫދީން ކުރާ ކަންކަން ރަނގަޅީ އެކޭ ނޫން. އެކަމު އާއިލީ ވެރިކަމެއްވިޔަސް އަދި ޑިމޮކުރަސީ އެއްވިޔަސް އިސްލާމީ ތަރަހައިގެތެރެއިން ހިނގަންޔާ ރަނގަޅުވާނެ. ސަޢުދީ ވެރިކަން އުފެދިގެން އައިގޮތް ބެލިފަ ނެތްކަން ފާހަގަ ކުރެވޭ. އަދި ދޮގު މަޢުލޫމާތު ހުރިކަންވެސް ފާހަގަކުރެވޭ. ބޮޑަށް ހީވަނީ މުޝްރިކުންގެސޯރސް އަކުން މައުލޫމާތު ނަގައިފަ ހުރިހެން

2 years ago