އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ލާމަރުކަޒީ ގާނޫޫނާ ފުށޫއަރާގޮތަށްހުރި 6 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފި

1 month ago

ހުސައިން ރަޝީދު

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ 6 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތައް ރައީސް އޮފީހަށް ހުށަޅައިފި އެވެ. މިބިލްތައް ރައީސް އޮފީހަށް ފޮނުވާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.

އެގޮތުން ފޮނުއްވި ބިލްތަކަކީ

1- ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު

2- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު

3- ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު

4- ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު

5- ދިވެހިރާއްޖޭގެ މާލިއްޔަތުގެ ގާނޫނު

6- އެއްގަމު ދަތުރުފަތުރުގެ ގާނޫނު

ލާމަރުކަޒީ ޤާނޫނާއި އެޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޒުވާ ޤާނޫނުތައް 23 ޑިސެންބަރު 2020އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އިޞްލާޙު ކުރަންޖެހެހެއެވެ. 

އެއިސްލާޙުގެ ބިލްތައް ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް މިމުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު