އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އަންމަޓީ ބަންދުން ދޫކޮށްލައިފި

1 month ago

ހުސައިން ރަޝީދު

ސީލައިފް އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައާއި ގުޅިގެން ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

އައްމަޓީމައްޗަށް ކޯޓުނ ްކުރި 2 ޝަރުތަކީ ޝަރީއަތް ނިމެންދެން މާލޭގައި ހުރުމާއި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމެވެ.

މި މައްސަލައިގެ ބަންދުގެ މުއްދަތު ރިވިއުކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދިފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އެއީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވުމާއި، ފިލައިގެން ދިޔުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.

އައްމަޓީގެ ވަކީލް މުހުތާޒު މުހުސިން ވިދާޅުވި ގޮތުގައި މައްސަލަ ބިނާވެފައިވަނީ ކިތާބީ ހެކިތަކެއްގެ މައްޗަށް ކަމަށާއި އެ މައްސަލާގައި ނުފޫޒު ފޯރުވާނެ ހެއްކެއް ނެތް ކަމަށެވެ. އަދި، އަންމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫން ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުންދެމުންދާތީ އައްމަޓީ ދޫކޮށްލަދިނުމަށް އެދޭކަމަށެވެ. އައްމަޓީވެސްވ

މި މައްސަލައިގައި ދިފާއީ ވަކީލް ކުރީގެ ޤާޟީ އަދި ކުރީގެ ޕީޖީ މުހުތާޒު މުހުސިން އަދި ދައުވާ ރައްދުވާ އައްމަޓީ ވެސް ބުނަމުން ގެންދިޔައީ އެއީ އެއްވެސް އިރެއްގައި ފިލައިގެން ދިޔަ މީހެއް ނޫން ކަމަށެވެ. އައްމަޓީގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވީ، ފިލައިގެން އުޅުނު މީހެއް ނަމަ ވަޓްސްއެޕާއި މެއިލް މެދުވެރިކޮށް ފުލުހުންނާ ވާހަކަ ދައްކައިގެން ތަހުގީގަށް އެބާރުލުމެއް ނުދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު