އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ރައީސުލްޖުމްހޫރިއްޔާ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމަށް ޞަބްރާ އިބްރާހީމް ނޫރައްދީން، ޢައްޔަންކުރައްވައިފި

1 month ago

އިބްރާހިމް ޢަލީ

ޤާނޫނު ނަންބަރު 2021/9 (ކްލައިމެޓް އިމަރޖަންސީ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމަށް މއ.މާންދޫގެ ޞަބްރާ އިބްރާހީމް ނޫރައްދީން، މިއަދު ޢައްޔަނުކުރައްވައިފިއެވެ.


ޞަބްރާ އިބްރާހީމް ނޫރައްދީން، މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސަފީރު ފެންވަރު (ސްޓޭޓް މިނިސްޓަރފެންވަރު) ގައެވެ.

ޞަބްރާ އިބްރާހީމް ނޫރައްދީން އަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.


ޞަބްރާ އިބްރާހީމް ނޫރައްދީން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމުގައެވެ. އަދި ޞަބްރާ އަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.

ކިޔުންތެރިންގެ ހިޔާލު