އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ޖުލައިމަހުގެ 14ގައި ފަށަނީ

4 months ago

ހުސައިން ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ޙައްޤުވެރިންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު އެ ތަންތަން ހަވާލު ކުރަން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ހިޔާ ފްލެޓް ލިބުނު ހުރިހާ މީހުންގެ ގުރުއަތު ނެގުން ނިންމާނެކަމަށެވެ. ހިޔާ މަޝްރޫޢުގައި ހިމެނޭ 6720 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް ގުރުއަތު ނެގުން ނިމިފައިވަނީ 5603 ހައުސިން ޔުނިޓްގައެވެ.  ލިސްޓުގައި ބާކީ ހިމެނޭ 1117 މީހުންގެ ނަންވެސް މިހާރު ހައުސިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ވަނީ ފޮނުވާފައެވެ. ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެއްބަސްވުމާއި ފްލެޓްތަކަށް އަގު ދެއްކުމާ ގުޅޭ ސްކީމްތައްވެސް އާއްމުކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. 

25 އަހަރުން އަގު އަދާކޮށް ނިންމާގޮތަށް ހަމަޖެހިފައިވާ މިފުލެޓްތަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 7500 ރުފިޔާ ދައްކަން ޖެހެއެވެ. މީގެ އިތުރުން  މެނޭޖްމަންޓް ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެއެވެ. އިތުރު އެއްވެސް ފީއަށް ނަގާކަމުގެ މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. ޑައުންޕޭމަންޓެއް ދައްކާކަށް ނުޖެހެއެވެ. ޑައުން ޕޭމަންޓެއް ދައްކަން ނުޖެހުނަސް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު