އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޔޫރޯ 2020 ގައި ވޭލްސް އާއި ސްވިޓްޒަލެންޑު ބައްދަލުކުރި މެޗް އެއްވަރުވެއްޖެ.

4 months ago

އިބްރާހިމް ޢަލީ

ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ ދެވަނަ މެޗުގައި ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

އަޒަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ދެވަނަހާފުގެ ކުރީކޮޅޫ މެޗްގެ 49 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރީލް އެމްބާލޯ އެވެ. ވޭލްސްއިން އެއްވަރުކުރި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޯ އެވެ.

މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ވޭލްސްއާއި ސްވިޒަލޭންޑް ވަނީ ބައްދަލުކޮށްފައެވެ. އެ ހަތް މެޗުގެ ތެރެއިން ފަސް މެޗު ސްވިޒަލޭންޑް ކާމިޔާބުކޮށްފައިވާ އިރު، ވޭލްސްއަށް ކާމިޔާބު ކުރެވުނީ ދެ މެޗެވެ. 

ކިޔުންތެރިންގެ ހިޔާލު