އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޔޫރޯގެ ފުރަތަމަ މެޗް އިޓަލީން ކާމިޔާބު ކޮށްފި

4 months ago

އިބްރާހިމް ޢަލީ

ޔޫއެފާ ޔޫރޯ 2020 ގެ ފުރަތަމަ މެޗުގައި އިޓަލީން ކާމިޔާބުކޮށްފިއެވެ. ރޭކުޅުނު މެޗް ތުރުކީއާއި ބައްދަލުކޮށް އިޓަލީން ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުގެ ތަފާތަކުންނެވެ.  މިމެޗްކުޅެފައިވަނީ ރޯމްގެ ތާރީހީ ސްޓޭޑިއަމް ސްޓޭޑިއޯ އޮލިމްޕިކޯގައެވެ.  . 

އިޓަލީގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނެޓްގައެވެ. ނަމަވެސް އެއީ ބައިކޮޅަށް ވަތް ގޯލެކެވެ. މި ލަނޑު ވަނީ ތުރުކީގެ މެރިހް ޑެމިރަލްގެ އަތުންނެވެ. މެޗްގެ ދެވަނަ ލަނޑު ޖެހީ ޗީރޯ އިމޮބިލޭ އެވެ. އަދި ތިންވަނަ ލަނޑު ޖެހީ ލޮރެންޒޯ އިންސީނިއޭއެވެ.

މީގެ ކުރިން  އިޓަލީއާއި ތުރުކީ ވަނީ 10 ފަހަރު ބައްދަލުކޯށްފައެވެ. އެހެންނަމަވެސް   ތުރުކީއަށް މިހާތަނަށް އިޓަލީ ބަލިކުރެވިފައިނުވެއެވެ. ނަމަވެސް އިޓލީންވަނީ ވަނީ ހަތް މެޗުން މޮޅުވެފައެވެ. އަނެއް  ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.  މި ގްރޫޕުގައި ދެން ހިމެނޭ ސްވިޓްޒްލެންޑް އާއި ވޭލްސް ބައްދަލުކުރާ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު 18:00 ގައެވެ.

ޔޫރޯގެ މެޗްތައް ރާއްޖެޓީވީން ވަގުތުން ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު