އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލަޠީފާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި

1 week ago

އިބްރާހިމް ޢަލީ

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީ ނިންމައިފިއެވެ.

އެކަން ހާމކޮށް ޖޭއެސްސީން ނެރުނު ބަޔާޏެއްގައި ބުނެފައިވަނީ "ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ސާބިތު ވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފުގެ މިޢަމަލަކީ، ޤާނޫނުއަސާސީގެ 241 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/20210 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) 32 ވަނަ މާއްދާގެ (ހ) ގެ (1) ނަންބަރާއި 9 ވަނަ ނަންބަރާއި އެޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އާއި 1.8 އާއި 2.2 އާއި އަދި 3.1 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް ވާތީ، ޤާނޫނު ނަންބަރު2010/13 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފަށް ނަޞޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 02 ޖޫން 2021 ވަނަ ދުވަހުބޭއްވުނު މި ކޮމިޝަނުގެ މި އަހަރުގެ 44 ވަނަ ޖަލްސާގައި ނިންމާފައިވެއެވެ." މިގޮތަށެވެ.




ކިޔުންތެރިންގެ ހިޔާލު