އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)

1 week ago

އިބްރާހިމް ޢަލީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިޚާބުކޮށްފިއެވެ.

މިއިންތިޚާބު ބާޢްވާފައިވަނީ މިއަދުގެ ހަވީރު ހެންވޭރު ބޯޅަގޭގައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސަކު ހޮވުމަށް މިއަދު ބޭއްވި އިންތިޚާބީ ޖަލްސާގައި ވޯޓް ދިން 18 ވޯޓްގެ ތެރެއިން 11 ވޯޓް ޗަންޕީއަށްވަނީ ލިބިފައެވެ. ޗަންޕީއާ ވާދަކުރެއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ)އެވެ. މޫސައަށް ލިބިފައިވަނީ 7 ވޯޓްއެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބްވެފައިވަނީ ހޭންޑް ބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއެވެ. އަހުމަދު އިސްމާއީލަށް 14 ވޯޓު ލިބިފައިވާއިރު، ތޮލާލް އަށް 15 ވޯޓު ލިބިފައިވެއެވެ.

ނައިބް ރައީސްގެ މަގާމަށް ކުރިމަތިލި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލްއަށް ލިބުނީ 6 ވޯޓެވެ. 


ކިޔުންތެރިންގެ ހިޔާލު